ޑްރަގު ކޯޓުގެ ގާޒީ އަށް ނަސޭހަތްދޭން ނިންމައިފި

ޑްރަގް ކޯޓުގެ ގާޟީ އަލްއުސްތާޛު މުޙައްމަދު ނަޢީމް އަށް ނަސޭހަތްދިނުމަށް ޖުޑީޝަލް
ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފިއެވެ.
އެގޮތުން މިއަދު ޖޭއްސްސީއިން ނެރުން ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގިނަ
އަދަދެއްގެ ފަނޑިޔާރުން ހިމެނޭ، ފަނޑިޔާރުންގެ މެދުގައި ހިންގާ ވައިބަރ
ގްރޫޕެއްގައި، ފޮނުއްވި މެސެޖްތަކަކީ ފަނޑިޔާރު ލިޔެ އެ ގްރޫޕަށް ފޮނުއްވި މެސެޖްތަކެއްކަމަށް ޤާޟީ
އަލްއުސްތާޛު މުޙައްމަދު ނަޢީމް އެއްބަސްވެފައިވާކަމަށެވެ.
އަދި މުޙައްމަދު ނަޢީމް ފޮނުއްވި މި މެސެޖުތަކުގެ ބަސްމަގު ހުރިގޮތުން،
ވެރިންނަށް ކުރަން ޖެހޭ އަދަބު އިޚުތިރާމު ކަނޑުވައިލެވި ގަދަރު ކުޑަކުރެވިފައިވާކަމަށެވެ.
Advertisement
މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ)ގެ 9 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.4 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ
މިންގަނޑާ ޚިލާފު ޢަމަލެއްކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އެހެންކަމުން ޤާނޫނު ނަންބަރު
2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޑްރަގް ކޯޓުގެ ގާޟީ އަލްއުސްތާޛު މުޙައްމަދު ނަޢީމަށް
ނަޞޭޙަތްދިނުމަށް ފެންނަކަމަށް 2023 ފެބްރުއަރީ 19 ވަނަ ދުވަހު ބޭއްވި
ކޮމިޝަންގެ 13 ޖަލްސާގައި ވަނީ ނިންމާފައިވާ
ކަމަށް ޖޭއެސްސީ އިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ