ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ދައުލަތުގެ ހިދުމަތްތެރިޔާ އުމަރު ޒާހިރު، އުމުރުފުޅުން 85 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
ވީ ކިހިނެއް؟ - އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވް ވީ ފުވައްމުލަކުގައި އަމިއްލަފުޅަށް އިމާރާތްކޮށްދެއްވި މިސްކިތެއް ހުޅުވަން އެ ރަށަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެއަށް އެނބުރި ވަޑައިގަތް ފަހުން ހުންއައިސް، ހާލުކޮޅު ގޯސްވުމުން ހެދި ޓެސްޓްތަކުންނެވެ. އަދި މި މަހުގެ 11ގައި ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ.  
ތަފްސީލް - އުމަރު  ޒާހިރަކީ 50  އަހަރަށް ވުރެ  ގިނަ ދުވަހު  ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ގައުމީ  ބޮޑެތި  މަސައްކަތްތައް އަމަލީ ގޮތުން ހިންގެވުމާއި  އެ މަސައްކަތްތައް ހިނގާނުހިނގާގޮތް  ބެއްލެވުމާއި އިޖުތިމާއީ އަދި ގައުމީ  އެންމެހާ ކަންކަމުގައި ހަރަކާތްތެރިވެވަޑައިގަތުމުގެ  ލާމަސީލު މިސާލެކެވެ.
އުމަރު  ޒާހިރު  އަދާކުރެއްވި މުހިންމު  ބައެއް  މަގާމުތައް:
ދާހިލިއްޔާގެ  މަގާމުތައް 
އައްޑޫ  ގަމުގެ  ލިއެޒަން  އޮފީހުގެ  ވަޒީފާ
މަޖީދިއްޔާގެ ހެޑްމާސްޓަ
ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާ
ބަނޑޮސް ރިސޯޓްގެ މެނޭޖަރު (ސަރުކާރުގެ ވަޒީފާއެއް ނޫން)
އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު
ހޯމް މިނިސްޓަރުގެ ނައިބުކަން
އުމަރު  ޒާހިރު  އަދާކުރެއްވި ސަރުކާރުގެ  އިސް މަގާމުތައް:
މާލޭ  މުނިސިޕަލްޓީގެ  ރައީސް  (1980-1993)
މިނިސްޓަ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސް: 1983-1988
މިނިސްޓަ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް: 1988-1993
މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް: 1993-2004
މިނިސްޓަ އޮފް ހޯމް އެފެއާޒް: 2004-2005
ސީނިއަ މިނިސްޓަރު: 2005-2008
އުމަރު ޒާހިރު ކުރެއްވި  ހާއްސަ ހިދުމަތްތައް:
1960ގެ އަހަރުތަކުގައި، ރާއްޖެއަށް ފުރިހަަމަ މިނިވަންކަން ހޯދުމަށް ކުރި ގައުމީ ރޫހާއި ޖޯޝާއި ފޯރީގެ މަސައްކަތްތަކުގެ އިސް ސަފުގައި
މަޖީދިއްޔާގައި އިލްމީ އަހްލާގީ ނަމޫނާ ދަރިވަރުން ބިނާކުރެއްވުން
މާލޭގެ ތަރައްގީގެ ބޮޑެތި ހުރިހާ މަސައްކަތްތައް
މާލޭ މަގުހެދުމުގެ މަޝްރޫއު
މާލޭގެ އެއްގަމުތޮށި އަދި ކަނޑުތޮށީގެ މަޝްރޫއު
ހުޅުމާލެ މަޝްރޫއު
ކުނި ނައްތާލުމުގެ މަޝްރޫ އާއި ކަމާ ބެހޭ މަސައްކަތްތައް
ތިލަފުށި ހިއްކުމާއި އެކަމާ ގުޅޭ އެންމެހާ މަސައްކަތްތައް
ފުވައްމުލަކު ބަނދަރުގެ މަޝްރޫއު
ރަށްރަށުގެ ބަނދަރުގެ މަސައްކަތްތައް
    
    ގައުމީ ހިދުމަތްތެރިޔާ އުމަރު ޒާހިރު އަވަހާރަވެއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            