ބުރާސްފަތިން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ

މި އަހަރުވެސް ދިރާގު ޕޭ އާއި އުރީދޫ އެމްފައިސާ އާއި މޯލްޑިވްސް އިސްލާމިކް ބެންކުގެ ފައިސާ މޮބައިލް އަދި ބޭންކު އޮފް މޯލްޑިވްސް ގެ ޕޯޓަލް އާއި ފަހިޕޭ އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ އިން ޒަކާތް ދެއްކޭނެ އެވެ.
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފެށިގެން ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. 
އެ މިނިސްޓްރީން ބުނީ މި އަހަރުގެ ފިތުރު ޒަކާތް މާޗް 23 އިން އޭޕްރީލް 18 އަށް ބަލައިގަންނާނެ ކަމަށެވެ. ކަލަންޑަރު ބުނާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗް 23 ވާ ބުރާސްފަތި ދުވަހެވެ.މި އަހަރުވެސް ދިރާގު ޕޭ އާއި އުރީދޫ އެމްފައިސާ އާއި މޯލްޑިވްސް އިސްލާމިކް ބެންކުގެ ފައިސާ މޮބައިލް އަދި ބޭންކު އޮފް މޯލްޑިވްސް ގެ ޕޯޓަލް އާއި ފަހިޕޭ އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ އިން ޒަކާތް ދެއްކޭނެ އެވެ. ބަނޑޭރި ޕޭ އިން ރޯދަ މަހުގެ ފަހު ދުވަހާއި ހަމައަށް ޒަކާތް ދެއްކޭނެ އެވެ.އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިން ކޮށް ޒަކާތް ނުދެއްކޭ މީހުންނަށް މާޗް 26 ވަނަ ދުވަހު ފެށިގެން މިނިސްޓްރީގެ ހޯލުން ޒަކާތް ބަލައިގަންނާނެ އެވެ. އެ ދުވަސް ތަކުގައި ޒަކާތް ބަލައިގަންނާނީ ހެނދުނު 10 އިން 1:00 އަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ