ރައްޔިތުން ތިބީ ރައީސް ޔާމީންގެ ތަރައްގީގެ ހަރު ދުވެއްޔަށް އެދިއެދި: ޣައްސާން

ދިވެހި ރައްޔިތުން ތިބީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ތަރައްގީގެ ހަރު ދުވެއްޔަށް އެދިއެދި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ. 
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޔާމީންގެ ކެންޑިޑެސީ ހުށަހަޅައިފިނަމަ އެ ބަލައިގަތުމުގެ ފުރުސަތު ބޮޑުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވުމާއި ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވަނީ، މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް ޔާމީން ކަމަށް ވިދާޅުވެފައެވެ. 
އަދި ދިވެހި ރައްޔިތުން ތިބީ ޔާމީން އަބްދުލްގައްޔޫމްގެ ތަރައްގީގެ ހަރު ދުވެއްޔަށް އެދިއެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 
Advertisement
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑީޑޭޓް ޔާމީން މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާއިރު އެ މަނިކުފާނަށް ވާދަކުރެވިދާނެކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ. 
އެކަމާއި ގުޅިގެން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ފުއާދު ވިދާޅުވީ، އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ރައީސް ޔާމީނަށް އޮތް ކަމަށެވެ. އަދި އެ ބަލައިގަތުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
"އިސްތިއުނާފްގެ މަރުހަލާގައި އޮތްކަމަށް ވަންޏާ ހަމަ ފުރުސަތެއް އޮތުމަކީ އެކަށީގެންވާ ކަމެއް. ދެން މި ކަމުގައި އަޅުގަނޑުމެން ގާނޫނީ ލަފާ ހޯދައިފައި އަަޅުގަނޑުމެންނަށް އެ ވަގުތުގެ ހާލަތުގައި ކަންތައްތަކުގައި ހުރި ގޮތެއް ބަލައިފައި ކޮމިޝަނުން ގޮތެއް ނިންމާނީ،" ފުއާދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ