ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މުޒާހަރާ މިރޭ ފަށައިފި އެވެ.
އެތައް ސަތޭކަ ބަޔަކާއެކު އެމްޑީޕީގެ މުޒާހަރާ ފެށީ މިރޭ 8:30 ހާއިރެވެ. މުޒާހަރާގައި މާލޭގެ ބައެއް ބޮޑެތި މަގުތަކުގައި ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
"އަނިޔާވެރިނުވެ ފަހަތަށް ޖެހިވަޑައިގަންނަވާ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފުދިއްޖެ. ރައީސް މުއިއްޒު އިސްތިއުފާ ދެއްވާ،" މުޒާހަރާ ފެށުމާއެކު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
މިއީ މި ވެރިކަމުގައި އެމްޑީޕީން ބާއްވާ ފުރަތަމަ މުޒާހަރާ އެވެ. މިރޭގެ މުޒާހަރާ ކުރިއަށްގެންދަނީ ގާނޫނުއަސާސީ ބަދަލު ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިފަހައްޓާތީ އާއި ސަރުކާރުން މަޖިލިސް ކޮންޓްރޯލް ކުރާތީ އާއި އެ ނޫން ވެސް ބައެއް ހުދުމުހުތާރު ކަންކަން ސަރުކާރުން ކުރަމުންދާތީ ކަމަށް އެމްޑީޕީން ބުނެ އެވެ.
ސަރުކާރުން ގާނޫނުއަސާސީ ބަދަލު ކުރީ 24 ގަޑިއިރުގެ ތެރޭގަ އެވެ. ގާނޫނުއަސާސީގައި މިހާރު ބުނެފައިވާ ގޮތުން ޕާޓީއެއް ތަމުސީލު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީއިން ވަކިކޮށްފި ނަމަ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
ރައީސް މުއިއްޒު މިދިޔަ ހަފުތާގައި ހއ. އަށް ކުރި ދަތުރުގައި އެ އަތޮޅު ދިއްދޫގައި ހިޔާލުފާޅު ކުރަން އުޅުމުން ސަރުކާރުން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ. އެގޮތުން އެމްޑީޕީން އެ ރަށުގައި ދެމި ބައެއް ބެނާތައް ފުލުހުން ވަނީ ނަގައިފަ އެވެ.
ރައީސް މުއިއްޒު ސިންގަޕޫރުގެ ޝޮޕިން މޯލެއްގައި ހަރަކާތްތެރިވަނިކޮށް މީހަކު ފޮޓޯއެއް ނެގި މައްސަލައެއް ވެސް ސަރުކާރުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޝުއޫރު ފާޅު ކުރި ބައެއް މީހުންގެ މައްސަލަތައް ވެސް ތަހުގީގު ކުރި އެވެ.
ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުން އެމްޑީޕީގެ މުޒާހަރާ ފަށައިފި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުން އެމްޑީޕީގެ މުޒާހަރާ ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ