ހުއްދަ ނުނަގައި ކާބޯތަކެތި އިސްތިހާރު ކުރުން މުޅިން މަނާ ކުރުމަށްފަހު، އާންމުންގެ ވަރަށް ގިނަ ޝަކުވާ ގަވާއިދަށް އަމާޒުވުމުން، ސޯޝަލް މީޑިއާގައި ކުރާ ކާބޯތަކެތީގެ އިސްތިހާރަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ރޭ ހާމަކުރި އެވެ.
އެމްއެފްޑީއޭއިން ފެބްރުއަރީ 20، ގައި ގެޒެޓު ކުރި ގަވާއިދުގައި ބުނެފައި އޮތީ "އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރުކުރުމަށް އެދޭ ފަރާތްތަކުން އެ އިޝްތިހާރެއް އޮތޯރިޓީއަށް ހުށަހަޅައި އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ އިޝްތިހާރެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ" ކަމަށެވެ.
އެކަމަކު، އެ އޮތޯރިޓީއިން ނެރުނު ބަޔާނެއްގައި ބުނީ ރެސްޓޯރަންޓުތަކުގެ މެނޫ، ވަކި ކާބޯއެއްޗެެއް ލިބެން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރާ އިސްތިހާރަށް ހުއްދަ ނަގާކަށް ނުޖެހޭނެ ކަމަށެވެ.
މިރޭގެ ނޫސްބަޔާނުގައި އެހެން ބުނި ނަމަވެސް ގަވާއިދުގައި އެފަދަ އެއްވެސް އިސްތިސްނާއެއް ހިމަނާފައެއް ނުވެ އެވެ.
ހުލާސާކޮށް އިއްޔެ: ކާބޯތަކެތި އިސްތިހާރުކުރަން އިސްތިސްނާތަކެއް ހުލާސާކޮށް އިއްޔެ: ކާބޯތަކެތި އިސްތިހާރުކުރަން އިސްތިސްނާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ