ހުސެން އެމްއެމްސީން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހުސެން ހަސަން އިސްތިއުފާ ދީފި އެވެ.ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ހުސެން މިއަދު އެމްއެމްސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވި އިރު، އޭނާ ވަނީ އެމްޑީޕީ ގއ. ވިލިނގިލި ދާއިރާގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފަ އެވެ.މީޑިއާ ކައުންސިލްގެ ރައީސް ހުސެން ސަގީފަށް ފޮނުވި ސިޓީގައި ހުސެއިން ވިދާޅުވީ އިސްތިއުފާ ދިނީ މީޑިއާ ކައުންސިލަކީ ނުފޫޒުން އެއްކިބާވެފައި އޮންނަ މިނިވަން މުއައްސަސާއެއް ގޮތުގައި ދެމިއޮންނަން ބޭނުންވާތީ ކަމަށެވެ.އަދި މިނިވަން މީޑިއާގެ މާހައުލެއް ހޯދައިދިނުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ހުސެއިން ވިދާޅުވެފައިވެ އެވެ.މީޑިއާ ކައުންސިލްގައި މީޑިއާތައް ތަމްސީލު ކުރާ އަށް މެންބަރުންނާއި އާންމުންގެ ތެރެއިން ހަތް މެންބަރުންނާ އެކު 15 މެންބަރުން ތިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ