މިޞުރުގެ ވެރިރަށް އަލް ޤާހިރާގައި 1 ފެބްރުއަރީ 2025 ވަނަ ދުވަހު ބޭއްވުނު "ޢަރަބް ސިކްސް-ޕާޓީ" މަޝްވަރާ ބައްދަލުވުމުގެ ނިންމުންތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ޣައްޒާގައި ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ތާއީދުކުރާ ކަމަށެވެ. އަދި މި އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށް ކަމާގުޅުންހުރި އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައިވެއެވެ.
ނޫސްބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ޣައްޒާގެ ހާލުގައި ޖެހިފައިވާ ހުރިހާ ސަރަހައްދަކަށް ލަސްނުކޮށް، އެއްވެސް ހުރަހަކާނުލާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަލުވިކަމާއެކު އެޅުމުގެ މުހިންމުކަން ކަމަށެވެ.
މީގެއިތުރުން، ޣައްޒާ އަލުން އާރާސްތުކުރުމާ ބެހޭގޮތުން ބައިނަލްއަޤްވާމީ ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށްވެސް ދިވެހިރާއްޖެއިން މަރުހަބާ ކިޔާފައިވެއެވެ. ދިވެހި ސަރުކާރުން ދެކޭގޮތުގައި ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ 1967 ގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށްކަމުގައި ހަމަޖެހިފައިވާ، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމުކުރެވިގެންނެވެ.
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ރާއްޖެއިން މަރުހަބާ ކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ