އުޅޭ އުޅުމުން ކުޑަކުދިންނަށް ރިވެތި ނަމޫނާ ދައްކަން ރައީސްގެ އިލްތިމާސް

މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ނެރުއްވި ހިތާބުގައި ރައީސް ވިދާޅުވީ، ކުޑަކުދިންގެ އުޅުމާއި އަގީދާ ބައްޓަންވަނީ ބެލެނިވެރީން ދިން ތަރުބިއްޔަތެއްގެ މައްޗަށް ކަމަށެވެ.
ބޮޑެތި މީހުން އުޅޭ އުޅުމާއި ދައްކާ ނަމޫނާއިން އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދަބު އަހުލާގުން ޒީނަތްތެރިވެފައިވާ، ރީތި މާހައުލެއް ކުޑަކުދިންނަށް ދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފި އެވެ. 
މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ނެރުއްވި ހިތާބުގައި ރައީސް ވިދާޅުވީ، ކުޑަކުދިންގެ އުޅުމާއި އަގީދާ ބައްޓަންވަނީ ބެލެނިވެރީން ދިން ތަރުބިއްޔަތެއްގެ މައްޗަށް ކަމަށެވެ.
މިގޮތުން، އެ ކުދިންގެ މައުސޫމުކަން އަބަދުވެސް ޖާގަދޭނީ، ދޮށީ މީހުންގެ ބަސް އެހުމަށާއި އުޅޭ އުޅުމާއި ދައްކާ ނަމޫނާ ނަކަލު ކުރުމަށް ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. 
"އަޅުގަނޑުމެން މިއަދު އަޒުމު ކަނޑައަޅަންވީ، ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށެވެ. ގޭތެރެއާއި، މަގުމައްޗާއި، މިނޫން ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދަބު އަހުލާގުން ޒީނަތްތެރިވެފައިވާ، ރީތި މާހައުލެއް ދެއްކުމަށެވެ،" ރައީސް އިލްތިމާސް ކުރެއްވި އެވެ.
އެ ހިތާބުގައި ކުޑަކުދިންނަށް ނަސޭހަތެއްގެ ގޮތުގައި، އެ މަނިކުފާނު ވަނީ ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމާއި، ކާމިޔާބު ހޯދަން އަޒުމު ކަނޑައެޅުމާއި ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމަށް އެދިވަޑައިގެންފަ އެވެ."ތިޔަ ކުދިންގެ މަންމަ ދެކެ ވާ ލޯބި، ތިޔަ ކުދިންގެ މި ގައުމު ދެކެވެސް ވުމެވެ. ވަގުތު ބޭކާރު ނުކުރުމެވެ. ސިއްހީ އާދަތަކުގައި ހިފުމެވެ. ބަސްއަހާ ކިޔަމަންތެރި ކުދިބަޔެއްގެ ގޮތުގައި ދެމިތިބުމެވެ."
ރައީސް ވިދާޅުވި ގޮތުގައި، ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަމެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ