އެމްއައިބީގެ ގްލޯބަލް ޕޭ އީޒެޕަށް
ގިނަ ޚިދުމަތްތަކެއް އެއް އެޕްލިކޭޝަނަކުން ލިބޭ, ދިވެހި އެޕެއް ކަމަށްވާ, އީޒެޕުގައި, މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ގްލޯބަލްޕޭ ބޭނުން ކުރެވޭ ގޮތް ހަދައިފިއެވެ. ދިވެހި ޒުވާނުންތަކެއް ހަދާފައިވާ އީޒެޕަކީ އާއްމުން ބޭނުންވާ ގިނަ ޚިދުމަތްތަކެއް ވަރަށް ފަސޭހައިން ހޯދޭގޮތަށް, ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަނުން ލިބޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ރެސްޓޯރެންޓްތަކުގެ އެންމެ މަގްބޫލު ކެއުންތައް ސިދާ ގެއައް ޑެލިވަރީކުރުމާއި، ގެއައްބޭނުންވާ އެކި ސާމާނު އޮންލައިންކޮށް ގަތުމުން ޑެލިވަރީ ކޮށްދިނުން ހިމެނެއެވެ. އަދި އެ އެޕްލިކޭޝަނުން މި ފަހުން ވަނީ ޓެކްސީ ހިދުމަތްވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ހޯދޭނެ އިންތިޒާމު ހަމަޖައްސައިފައެވެ. މި އެޕްލިކޭޝަނަށް އިތުރުފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ދެއްކޭނެ މަގެއް ތަނަވަސްކުރުމަށް މި ޒުވާން ޓީމު ކުރަމުން އައި މަސައްކަތަށް ފެހި ސިގްނަލް ދިނީ މިވަގުތު ރާއްޖޭގެ އޮތް ހަމައެކަނި ފުލީ ޑިޖިޓަލް ބޭންކް އަދި ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖެ އިސްލާމިކް ބޭންކުންނެވެ. އެމްއައިބީއަކީ ޒުވާނުން ބޭނުންވާނެ ފަދަ ޒަމާނީ ޚިދުމަތެއް އޭގެ ހަގީގީ މަނާގައި ދޭ ބޭންކެކެވެ. ވަގުތުން އޮންލައިންކޮށް އެކައުންޓު ހުޅުވޭ ހަމައެކަނި ބޭންކަނީ އެމްއައިބީއަށް ވުމަކީ އޭގެ ހެއްކެކެވެ. އެމްއައިބީގެ ކާޑުތަކަކީ ޒުވާނުންނަށް ބަރޯސާ ވެވޭ ރައްކާތެރި ކާޑުތަކެކެވެ. އެމްއައިބީގެ ފައިސާ ވެއާ އަނގޮޓިއަކީ މިއަދު މާކެޓްގައި ފައިސާ ދައްކާލެވޭ އެންމެ ސްޓައިލިޝް އެންމެ ފަސޭހަ ގޮތެވެ. މި ކަންކަމާއެކު އީޒެޕުން މިވަނީ އެ އެޕްލިކޭޝަނުން ކުރާ މުއާމަލާތްތައް ވިސާ އަދި މާސްޓާ ކާޑު މެދުވެރިކޮށް ކުރެވޭގޮތަށް އެމްއައިބީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.އެމްއައިބީގެ ހެޑް އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު އޮތް ހަފުލާއެއްގައި އީޒެޕްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އީޒެޕްގެ މެނޭޖިން ޑިރެކްޓާ އަޙްމަދު މަޢުރޫފް އަބްދުލް ޙަކީމްއެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީ އެވެ.އީޒެޕުން ބުނީ މި އެއްބަސްވުމާއެކު އެ އެޕް މެދުވެރިކޮށް ހޯދާ ޚިދުމަތްތަކަށް އެމްއައިބީގެ ގްލޯބަލް ޕޭ މެދުވެރިކޮށް ކޮންމެ ވިސާ އަދި މާސްޓާ ކާޑަކުން ވެސް ފަސޭހަމާއެކު ފައިސާ ދައްކާލެވޭނެ ކަމަށެވެ. އެމްއައިބީ ގްލޯޕަލް ޕޭއަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންވެސް ބޭނުންކުރާ ޒަމާނީ ޕޭމަންޓް ގޭޓްވޭއެކެވެ. ޒަމާނީ ސިފަތަކެއް އެކުލެވޭ މި ޕޭމަންޓް ގޭޓްވޭ ބޭނުންކުރުމުގެ ފުރުސަތު އެ ބޭންކުން ވާނީ މިހާރު ދިވެހި ޒުވާނުންނަށް ހުޅުވާލާފައެވެ. މީގެ އިތުރުން އެ ބޭންކުން އަންނަނީ ފައިސާ ޕޭގެ ނަމުގައި އިތުރު ޕޭމަންޓް ގޭޓްވޭއެއްގެ ޚިދުމަތްވެސް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ