ލަންޑަން (ޖޫން 18) - އަންނަ އޮގަސްޓް މަހު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާުތުގައި، އިނގިރޭސި އެއް ވަނަ އަންހެން ކުޅުންތެރިޔާ، އެމާ ރަޑުކާނޫ އާއި ސްޕެއިނުގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ، ކާލޯސް އަލްކަރާޒް، މިކްސް ޑަބަލްސް އިވެންޓްގައި ޕެއާއެއްގެ ގޮތުގައި ކުޅެން ނިންމައިފި އެވެ.
ދާދި ފަހުން ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ހޯދި، އަލްކަރާޒް އާއި ދެ އަހަރު ފަހުން، އިނގިރޭސި އަންހެން ރޭންކިން އެއް ވަނަ އަށް އެރި އެމާ ވަނީ، އޮގަސްޓް 19 އާއި 20 ގައި ކުރިއަށްދާ ޔޫއެސް އޯޕަންގެ މިކްސް ޑަބަލްސް އިވެންޓްގައި ވާދަކުރަން އެންޓްރީ ހަދައިފަ އެވެ.
އެމާ އާއި އަލްކަރާޒް މީގެ ކުރިން މިކްސް ޑަބަލްސް ޕެއާއެއްގެ ގޮތުގައި ކުޅެފައިނުވެ އެވެ. އެހެންކަމުން، މި ދެ ތަރިން، ފުރަތަމަ ވެސް ޕެއާއެއްގެ ގޮތުގައި ފެނިގެން މި ދަނީ، ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތެއްގަ އެވެ.
މިކްސް ޑަަބަލްސް އިވެންޓް އެންމެ ކުރިން، ބާއްވަން ޔޫއެސް އޯޕަންގެ އިންތިޒާމްކުރާ ފަރާތުން ނިންމި އެންމެ ބޮޑު ސަބަބަކީ ވެސް ސިންގަލްސް އަށް ފޯކަސް ކޮށްގެން ގްރޭންޑް ސްލޭމް އިވެންޓްތަކުގައި ކުޅޭ ތަރިން ލައްވައި، މިކްސް ޑަބަލްސް ވެސް ކުޅުވުމެވެ. އެ ގޮތުން، އޮގަސްޓް 24 ގައި ފަށާ ސިންގަލްސް އިވެންޓްތަކަށް ރަނގަޅު ވޯމްއަޕެއް ކުރުމުގެ ގަސްދުގައި ކުުޅުންތެރިން، މިކްސް ޑަބަލްސް އިވެންޓުގައި ވެސް ކުޅޭ ނިސްބަތް އިތުރުވާނެ ކަމަށް ބެެލެވެ އެވެ.
ޔުނައިޓެޑް ސްޓޭޓްސް ޓެނިސް އެސޯސިއޭޝަން (ޔޫއެސްޓީއޭ) އިން އިއުލާނުކުރި ގޮތުގައި، މިހާތަނަށް ވެސް 16 ޕެއާ އަކުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އޭގެ ތެރޭގައި، އެމާ އާއި އަލްކަރާޒް އެއް ޕެއާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުން ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ
މުބާރާތަށް އެންޓްރީ ހެދުމުގެ އެންމެ ފަހު މުއްދަތަކަށް ހަމަޖެހިފައި އޮތީ، ޖުލައި 28 އަށެވެ.
މި ވަގުތަށް ބަލާއިރު، ދެން އެންޓްރީ ހަދާފައިވާ ފާހަގަކޮށްލެވޭ ޕެއާ އިން ތަކަކީ، ޖަޕާނުގެ ނައޯމީ އޮސާކާ އާއި އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް، ނޯވޭގެ ކެސްޕާ ރޫޑް އާއި ޕޮލެންޑްގެ އީގާ ސްވިއަޓެކް އަދި އަރީނާ ސަބަލެންކާ އާއި ގްރިގޯ ޑިމިޓްރޯވް އެވެ.
ޔޫއެސް އޯޕަންގައި އެމާ އާއި އަލްކަރާޒް އަކީ ޕެއާ އެއް ޔޫއެސް އޯޕަންގައި އެމާ އާއި އަލްކަރާޒް އަކީ ޕެއާ އެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ