އެމެރިކާގައި މިހާރު ކުރިއަށްދާ ކްލަބް ވޯލްޑް ކަޕްގައި ބަޔާން މިޔުނިކުން ކުޅުނު ފުރަތަމަ މެޗުގައި ނިއު ޒީލެންޑްގެ ޗެމްޕިއަން އޯކްލޭންޑް ސިޓީ އެފްސީ އަތުން 10-0 އިން މޮޅުވެ، އެ މުބާރާތުގެ ރެކޯޑެއް ވަނީ ހަދައިފަ އެވެ.
އެކަމަކު ދެ ޓީމުގެ ފެންވަރަށާއި ބޮޑު ކުޑަމިނަށް ބަލާ ނަމަ ފެންނަނީ ހާސްބައި ތަފާތުކޮށެވެ.
އޯކްލެންޑް ސިޓީ މި މުބާރާތަށް ކޮލިފައިވީ ނިއު ޒީލެންޑް ނިސްބަތްވާ އޯޝޭނިއާ ފުޓްބޯލް ކޮންފެޑެރޭޝަން (އޯއެފްސީ) ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. މިއީ ފުޓްބޯޅައިގެ އެންމެ ފެންވަރު ދަށް ސަަރަހައްދެވެ. އެކަމަކު ނިއު ޒީލެންޑަކީ އެ ކޮންފެޑެރޭޝަންގެ އެންމެ މޮޅު ގައުމެވެ.
ބަޔާންއަކީ ދުނިޔޭގެ ވެސް އެންމެ ވަރުގަދަ އެއް ޓީމެވެ. މި ދެ ޓީމުގެ ތަފާތަށް ކުޑަކޮށް ބަލައިލަމާ ހިނގާށެވެ.
އެންމެ ފަހު މާލީ އަހަރު އޯކްލެންޑްގެ އާމްދަނީއަކީ 663،000 ޑޮލަރު (10.2 މިލިއަން ރުފިޔާ). ބަޔާން މިޔުނިކަށް މިދިއަ މާލީ އަހަރު 1.1 ބިލިއަން ޑޮލަރު (16 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބުނު
އޯކްލެންޑްގެ ކުޅުންތެރިއަކަށް ހަފުތާއަކަށް ލިބެނީ 89 ޑޮލަރު (1،372 ރުފިޔާ). ބަޔާންގެ ފޯވަޑް ހެރީ ކޭންގެ ހަފުތާއެއްގެ އާމްދަނީއަކީ 543،000 ޑޮލަރު (8.3 މިލިއަން ރުފިޔާ)
އޯކްލެންޑްގެ މުޅި ސްކޮޑްގެ އަގަކީ 5.3 މިލިއަން ޑޮލަރު (81 މިލިއަން ރުފިޔާ). ބަޔާންގެ ސްކޮޑްގެ އަގަކީ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ)
ދުނިޔޭގެ އެންމެ މަޝްހޫރު އެތައް ކުޅުންތެރިންނެއް ބަޔާންގައި ތިބި އިރު އޯކްލެންޑްގެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ޕްރައިމަރީ ޓީޗަރަކާއި އިންޝުއަރެންސް ބްރޯކަރަކާއި ބޯކޮށާ މީހަކާއި ކޮކާ ކޯލާގެ ވިއްކަން އުޅޭ މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އެތައް ދަރިވަރުންނެއް ޕާޓް ޓައިމްކޮށް އަންނަނީ ކުޅެމުންނެވެ. އޭގެ ތެރޭގައި ހިމެނޭ ދިފާއީ ކުޅުންތެރިޔާ 22 އަހަރުގެ ނަތަން ލޮބޯ އޭނާގެ ޔުނިވަސިޓީ ޓެސްޓެއް ވެސް މުބާރާތުގެ ތެރޭގައި ހޮޓަލުގައި އިނދެގެން ހަދާނެ އެވެ.
ކްލަބް ވޯލްޑް ކަޕް މިހާރު ކުރިއަށް ގެންދާ ފޯމެޓާ މެދު ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުންގެ ހިޔާލު ތަފާތެވެ. މިއީ 32 ޓީމު ބައިވެރިކޮށްގެން މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އެހެންވެ އެކި ސަރަހައްދުތަކުން ދުނިޔޭގެ ބޮޑެތި ކްލަބްތަކާ ނުބައްދަލު އާދައިގެ ޓީމުތައް ވެސް ވާދަކުރެ އެވެ.
ބަޔާނުން 10 ލަނޑު ޖެހީ ޕާޓް ޓައިމް ކުޅުންތެރިންތަކަކާ ދެކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ