އީރާނުގެ ވަރުގަދަ ހަމަލާތަކެއް | ވިޔަފާރި ބަނދަރުގައި ރޯވެފައި، އަޔަންޑޯމް ކުދިކުދި

އީރާންގެ ރޭގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޖެރޫސަލް އާއި ޓެލްއަވީން އަދި ހައިފާ އަށެވެ. މި ތިންތަނުގެ މުހިންމު މަރުކަޒުތަކަށް ހަމަލާ އަރާފައިވެ އެވެ.
އިޒްރޭލުގެ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ރޭ މިސައިލުން ދިން ވަރުގަދަ ހަމަލާތަކުގައި ހައިފާގެ މައި ވިޔަފާރި ބަނދަރާއި ހަތިޔާރު ރައްކާކުރާ ތަންތަން އަދި ވައިގެ ދިފާއީ ނިޒާމުތައް ހަލާކު ކޮށްލައިފި އެވެ. 
އީރާނުން ސުލްހަވެރި ބޭނުމުގައި ތަރައްގީ ކުރަމުން ދިޔަ ނިކްލިއަ ޕްރޮގްރާމަށް އިސްވެ އޮވެ އީރާނުން ހަމަލާދީ އެ ގައުމުގެ އަސްކަރީ އިސްވެރިންނާއި ސައިންޓިސްޓުން އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ދޭން ފެށި ހަމާލާތަކުގެ ސަބަބުން އިޒްރޭލަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. މިގޮތުން ރޭގެ ހަމަލާތަކުގައި ބެލިސްޓިން މިސައިލް އާއި ހައިޕަސޮނިކް މިސައިލުން ދިން ހަމަލާތަކުގައި އިޒްރޭލުގެ ހައިފާ ސިޓީ އާއި އިޒްރޭލުން ވެރިރަށުގެ ގޮތުގައި ބަލާ ޓެލްއަވީވްގެ އިތުރުން ޖެރޫސަލަމް ސިޓީގެ އެކި ތަންތަނުގައި ވަނީ ރޯވެފަ އެވެ. 
ޔޫރަޕާއި އެމެރިކާގެ ވަރުގަދަ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްފަހު އީރާނުން ދިން މިހަމަލާތަކުގައި ހައިފާގެ ވައިގެ ދިފާއީ ނިޒާމެއް ވަނީ ހަލާކުވެފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ވަނީ ދިފާއީ ނިޒާމުގައި ހުރި ހަތިޔާރުތައް ގޮވައި ކުދިކުދި ވެގެންދާ މަންޒަރު ފެނެ އެވެ. މީގެ އިތުރުން ހައިފާގެ ބަނދަރުގެ ބައެއް ސަރަހައްދުތައް ވެސް ހިމެނެ އެވެ. 
އިޒްރޭލުގެ އެމްބިއުލާންސް ހިދުމަތުން ބުނެފައިވާ ގޮތުގައި މި ހަމަލާތަކުގައި 29 މީހަކަށް އެކި ވަރުގެ އަނިޔާވެފައިވެ އެވެ. އިޒްރޭލުން މިހާމަލާތަކުގައި ލިބޭ ގެއްލުން ސިއްރު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ފޮޓޯއާއި ވީޑިއޯ ނެގުންވެސް އޮންނަނީ މަނާކޮށްފަ އެވެ. އަދި ފޮޓޯ އާއްމުކުރާ މީހުންނަށް ފިޔަވަޅުވެސް އަޅަ އެވެ. މިހާރު އިޒްރޭލާއި އީރާނާ ދެމެދު ހިންގާ ހަމަލާ ބަދަލު ކުރުންތަކުގައި އީރާނަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. މިގޮތުން އެ ގައުމުން  224 މީހަކު މަރުވެފައިވެ އެވެ. މީގެތެރޭގައި 12 ނިއުކްލިއަ ސައިންޓިސްޓުންނާއި އީރާން އަސްކަރިއްޔާގެ އިސް ވެރިންގެ އިތުރުން 70 އަންހެނުންވެސް ހިމެނެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ