މެންޗެސްޓާ (ޖޫން 10) - އިނގިރޭސި ޕްރިމިއާ ލީގުގެ މިދިިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ބްރެންޓްފޯޑުގެ ފޯވާޑު ބްރިއަން އެމްބުއޭމޯ، އެ ކްލަބު ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ގުޅެން މަސައްކަތްކުރާ ޑީލުގެ ކޮންޓްރޯލް އެ ޓީމު އަތުން ގެއްލިއްޖެ އެވެ.
އިނގިރޭސި މީޑިއާ "ދަ އެޓްލެޓިކް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމްބުއޭމޯ، 25، ޔުނައިޓެޑާ ގުޅެން ބޭނުންވެ އެވެ. އޭނާ އެ އެގޮތަށް ނިންމީ އޭނާގެ ސޮއި ހޯދުމަށް އާސެނަލް، ނިއުކާސަލް އަދި ޓޮޓެންހަމް އިން ވެސް މަސައްކަތް ކުރަމުންދަނިކޮށެވެ.
ރިޕޯޓުތައް ބުނާގޮތުން، ބްރެންޓްފޯޑުން އެމްބުއޭމޯ ވިއްކާލަން ކިޔާ އަގު މިހާރު އުޅެނީ 80 މިލިއަން ޑޮލަރުގަ އެވެ. އެކަމަކު، ޔުނައިޓެޑުން އެމްބުއޭމޯގެ ސޮއި ހޯދަން ކުރި ބިޑް އުޅެނީ 60 މިލިއަން ޑޮލަރުގައި ކަމަށްވާތީވެ، ބްރެންޓްފޯޑުން ވަނީ އެ ޕްރޮޕޯސަލް އަނބުރާ ފޮނުވާލައިފަ އެވެ.
ބްރެންޓްފޯޑުން ބުނާ އަގު ޔުނައިޓެޑަށް ދެވެން ނެތީ އެ ކްލަބްގެ މާލީ ހާލަތު އޮތްގޮތުންނެވެ. އެކަމަކު، އެމްބުއޭމޯ ވިއްކާލަން ބްރެންޓްފޯޑުން ބުނާ އަގު ދޭން ނިއުކާސަލް އާއި ޓޮޓެންހަމް އޮތީ ތައްޔާރަށެވެ.
މިދިޔަ ސީޒަނުގައި ބްރެންޓްފޯޑަށް 20 ގޯލު ޖަހައިދިން އެމްބުއޭމޯ ވަނީ އަށް ލަނޑު ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދީފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، އެމްބުއޭމޯގެ ސޮއި ޔުނައިޓެޑަށް ނުލިބިއްޖެނަމަ، އެ ކްލަބުން މަސައްކަތް ކުރާނީ ބޯންމައުތުގެ އެންޓޮއިން ސެމެންޔޯގެ ސޮއި ހޯދުމަށެވެ. ސެމެންޔޯ ވަނީ މިދިޔަ ސީޒަނުގައި ބޯންމައުތަށް 13 ގޯލު ޖަހައި، ހަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދެމުންނެވެ.
ޔުނައިޓެޑަށް އެމްބުއޭމޯގެ ޑީލްގެ ކޮންޓްރޯލް ގެއްލިއްޖެ ޔުނައިޓެޑަށް އެމްބުއޭމޯގެ ޑީލްގެ ކޮންޓްރޯލް ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ