މެލޭޝިއާގައި އަވަހާރަވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ބޭނުންވާ 7 ލައްކަ ރުފިޔާ 24 ގަޑިއިރު ނުވަނީސް ހަމަވެއްޖެއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޚިދުމަތް ޖަމްޢިއްޔާއިންނެވެ.
ޝައިޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެކަމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ޚިދުމަތް ޖަމްޢިއްޔާއިން އިއްޔެ ބުނެފައިވެއެވެ. އެ ޖަމްޢިއްޔާއިން މި މަޢުލޫމާތު ހިއްސާކުރިތާ 20 ގަޑިއިރު ނުވަނީސް، ބޭނުންވާ ފައިސާގެ އަދަދު ހަމަވެފައިވާ ކަމަށް އެ ޖަމްޢިއްޔާގެ ބޭފުޅަކު ވަނީ ހާމަކޮށްފައެވެ.
ޝައިޚް ފަރީދު (53 އަހަރު) އަވަހާރަވީ މެލޭޝިއާގެ އެއަރޕޯޓުގައި ހުންނަވަނިކޮށެވެ. އެއީ ދީނީ ދަރުހެއް ދެއްވުމަށް މެލޭޝިއާއަށް ވަޑައިގަތް ދަތުރުފުޅެއްގައެވެ. ނަމަވެސް، މަޝްހޫރު ޓިކްޓޮކް އިންފްލުއެންސަރ ޝުއައިބް ހާމަކުރި ގޮތުގައި، ޝައިޚް ފަރީދު މެލޭޝިއާއަށް ވަޑައިގެންނެވީ ރާއްޖޭގައި ހަލާލް ޓުއަރިޒަމް ޕްރޮމޯޓް ކުރުމާ ގުޅޭ މަޝްވަރާތަކަށެވެ.
މޯލްޑިވްސް އިސްލާމިކް ޓޫރިޒަމްއިން ބުނެފައިވާ ގޮތުގައި، ޝައިޚް ފަރީދުގެ މަސައްކަތްޕުޅުގެ ސަބަބުން ރާއްޖެ ވަނީ މުސްލިމް ދަތުރުވެރިންގެ މަޤްޞަދަކަށް ބަދަލުވެފައެވެ. އަދި އެތައް މުސްލިމް ފަތުރުވެރިންނެއް އިސްލާމީ އުސޫލުތަކަށް އިޙްތިރާމްކޮށް، ދިވެހި ސަގާފަތް ތަޖުރިބާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ޝައިޚް ފަރީދުގެ ޖަނާޒާގެ ކަންތައް ކުރިއަށްދިޔައީ މެލޭޝިއާގައެވެ. މޫނު ދެއްކުން އޮތީ މިއަދު މެންދުރު 11:00 އާއި 12:30ި 12:30 އާ ދެމެދުގައެވެ. ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިއާގެ ރާޖާ ހާޖީ ފީސަބީލިއްލާހި މަސްޖިދުގައެވެ. ފަރީދުގެ ހަށިގަނޑު ވަޅުލީ ޓަނާހް ޕެރްކުބުރަން ރައުދަތުލް ބާގީގައެވެ.
ރާއްޖޭގައި، ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ހުރިހާ މިސްކިތެއްގައި ޝައިޚް ފަރީދުގެ ޣާއިބު ކަށުނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޝައިޚް ފަރީދުގެ ހަނދާނުގައި ބިނާކުރާ މިސްކިތަށް 24 ގަޑިއިރު ނުވަނީސް 7 ލައްކަ ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ