ވޭޕު އެތެރެކޮށްގެން އަމިއްލަ ފަރުދުން 40 މިލިއަނުން ޖޫރިމަނާކޮށްފައި އެބަހުރި، އެކަމު އެ ލިބޭނެހެން ހީނުވޭ: ކަސްޓަމްސް
ރާއްޖެއަށް ވޭޕު އެތެރެކޮށްގެން އަމިއްލަ ފަރުދުންގެ ޖުމްލަ ޖޫރިމަނާ 48 މިލިއަން ރުފިޔާއާ ހަމައަށް އެރި ނަމަވެސް އެ ފައިސާ ހޯދޭނެކަމަށް ގަބޫލުނުކުރެވޭ ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފިއެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރަން ހެދި ކޮމިޓީއަށް މިއަދު ވަނީ ކަސްޓަމްސްގެ އިސްވެރިން ހާޒިރުކޮށްފައެވެ. އެ ކޮމިޓީގައި ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓު އަޙުމަދު ސިމާހު ވިދާޅުވީ، ރާއްޖެއަށް ވޭޕު އެތެރެކޮށްގެން މި ވަގުތު ފާހަގަވެފައި ހުރި މައްސަލަތަކުގައި އަމިއްލަ ފަރުދުން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި އެބަހުރި ކަމަށެވެ. އެގޮތުން އެހާ ބޮޑު އަދަދެއް އަމިއްލަ ފަރުދެއްގެ އަތުން ހޯދޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ސިމާހު ވިދާޅުވިއެވެ. މިއަދުގެ ކޮމިޓީގައި ކަސްޓަމްސްގެ އިސްވެރިން ---- ފޮޓޯ/ މަޖިލިސް އަޅުގަނޑުމެންނަށް މި ވަގުތު ފާހަގަކުރެވިފައި ހުރި ކޭސްތަކުގައި އެބަ ހުރި އިންޑިވިޖުއަލް އަމިއްލަ ފަރުދުން 48 މިލިއަނުން 40 މިލިއަނުން ޖޫރިމަނާކުރިފައި. ކުރަންޖެހޭ އިނގޭތޯ ގާނޫނާ އެއްގޮތަށް. އެހެން ނަމަވެސް، އެ ފައިސާ ހޯދޭނެކަމަށް އަޅުގަނޑުމެންގެ ބުއްދި ގަބޫލެއް ނުކުރޭ. އަމިއްލަ ފަރުދެއް އިނގޭތޯ.ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓު އަޙުމަދު ސިމާހު ސިމާހު ވިދާޅުވީ، ސިއްރުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަންނަ ވޭޕު ޕެކޭޖުތަކުގެ ތެރޭގައި ހުންނަނީ އެކި ފްލޭވާތަކުގެ އާލާތްތައް ކަަމަށާއި އެ ތަކެތި އެއްކޮށްލައި، ވަކިން ކޮންމެ އާލާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރަން އޮންނަ ކަމަށެވެ. އެއީ، ކަންބޮޑުވުމެއްގެ ގޮތުގައި ސާމިހު ފާހަގަކުރެއްވިއެވެ. ތަންފީޒުކުރެވޭނެ އިނގޭތޯ. [ވޭޕު] ފެނުނީމަ އަޅުގަނޑުމެން ޖޫރިމަނާކުރެވޭނެ އިނގޭތޯ. އެހެންނަމަވެސް އެ ފައިސާ ހޯދުމާއި އެ ލިބޭތޯ ވެސް އަޅުގަނޑަށް ހީވަނީ އެއީ އިތުރަށް ވިސްނާލަން ޖެހޭ ކަމެއްހެންކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓު އަޙުމަދު ސިމާހު މީގެއިތުރުން، އެ ކޮމިޓީގައި ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އިބްރާހިމް ފަޔާޒް ވިދާޅުވީ، މަނާކޮށްފައިވާ ދުންފަތުގެ ބާވަތްތައް ނައްތާލުމުގައި ބޮޑު ޚަރަދެއް ހިނގާ ކަަމަށެވެ. އެ ތަކެތި ނައްތާލުމުގެ ޚަރަދު ކަސްޓަމްސްގެ ބަޖެޓުން ހަމަޖައްސަން އޮތަސް އެތަކެތި ނައްތާލުމުގެ ކަންކަން ޖޫރިމަނާ ފައިސާއިން ހަމަޖެއްސުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާކަމަށް ފަޔާޒް ވިދާޅުވިއެވެ. މިދިޔަ ޑިސެންބަރު 15 ގައި ވަނީ މުޅި ރާއްޖޭގައި ވޭޕް މަނާކޮށްފައެވެ. އީ- ސިނގިރޭޓާއި ވޭޕް ބޭނުންނުކުރި ނަމަވެސް އެ ތަކެތި ގެންގުޅޭ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހެއް ހުށަހަޅައިފައެވެ. ދުންފަތާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ތަކެތީގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފައިވާއިރު، ޖަނަވަރީ އެކެއް، 2007 އިން ފެށިގެން އުފަންވެފައިވާ ޖީލުގެ މީހުންނަށް ސިނގިރޭޓު މަނާކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އެކަން ތަންފީޒުކުރަން ގާނޫނަށް އިސްލާހު ގެންނަން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. އެ އިސްލާހުގައިވަނީ ވޭޕާއި އީ-ސިނގިރޭޓު ބޭނުންނުކުރި ނަމަވެސް ގެންގުޅެނިކޮށް ފެނުނަސް އަތުލެވޭ ގޮތަށް ވެސް ބަދަލުކޮށްފައެވެ. އެ ގޮތުން، އާންމު ތަނެއްގައި އެ ފަދަ އާލާތެއް ގެންގުޅެނިކޮށް ފުލުހުންގެ އޮފިސަރަކަށް ފެނިއްޖެ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު އޮންނާނެއެވެ. މި ގޮތަށް ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ގިނަވެގެން 45 ދުވަހުގެ ތެރޭގައި ނައްތާލަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ. މިހާރު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު އޮންނަ ގޮތުން މީހަކަށް ހިލޭ ވޭޕެއް ދިނަސް 10،000 ރުފިޔާގެ އަދަދުން ޖޫރިމަނާ ކުރެވެއެވެ. ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000 އިން ޖޫރިމަނާ ކުރެވެއެވެ. އަދި، ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމާނާއެއް އަންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ