އެކުވެރިންނަށް ޙިއްޞާކޮށްލުން މުހިންމު!: ޒިނޭކުރުމަށްފަހު ނުކުރާކަމަށް ބުނެ ﷲ ގަންދީ ދޮގުހުވާކުރި ފިރިއަކަށް މުޅި ޢުމުރަށް އެއްދާން ކުރުމުގެ އުފަލުން މަޙްރޫމްވާންޖެހުނު ގޮތުގެ ވާހަކަ-

މިރޭ ދައްކަން މިއުޅެނީ ﷲ ތަޢާލާ ގަންދީ ދޮގުހުވާ ކުރުމުގައި ހުރި ނުބައިކަމުގެ ވާހަކައެވެ. ފަށާނީ ޢިބްރަތްތެރި ވާހަކައަކުންނެވެ. 
އެއީ 28 އަހަރުގެ ޒުވާނެކެވެ. ތަނަވަސް އަންތބަކާއި ކައިވެނިކުރުމަށްފަހުވެސް ޒިނޭކުރުން ހުއްޓައެއް ނުލައެވެ. އެކަން ކުރަމުން ގެންދިއައީ އަނބިމީހާއަށް ޝައްކުވެސް ނުވާނެ ގޮތަށް ވަރަށް ސިއްރިޔާތުގައެވެ. ނަމަވެސް އެއްވެސް ކަމަކީ އަބަދު ސިއްރުން ކުރެވޭނެ ކަމެއް ނޫންކަމުން އަނބިމީހާއަށް އެކަން ޝައްކުވާންފެށިއެވެ. އަނބިމީހާ ކުރި މަސައްކަތުން އެނގުނީ ފިރިމީހާ ހިލޭ އަންހެނުންނާއިއެކު ގުޅުން ހިންގާ ކަމެވެ. 
އެކަން ޔަޤީންކުރުމަށްފު ފިރިމިހާއާއި ސުވާލުކުރުމުންވެސް ހެދީ ބޮޑު ދޮގެކެވެ. ނުކުރާކަމަށް ބުނަމުން ގޮސް ﷲ ތަޢާލާ ގަންދީ ހުވާކުރަން އުޅެން ފެށުމުން އަނބިމީހާ އެކަން ހުއްޓުވިއެވެ. ދޮގުހުވާކުރުމުގެ ހުރި ނުބައިކަން ކިޔައިދިނެވެ. ވިސްނައިދިނެވެ. މަތިމައްޗަށް ފާފަނުކުރަން ބުންޏެވެ. ނަމަވެސް ފިރިމީހާ އެއްވެސް ޖެހިލުމެއް ނެތި ދޮގުހުވާކުރީއެވެ. 
އަނބިމީހާ ބުންޏެވެ! "ހެކިލިބިފައިވުމުން ތިއަ ކުރި ހުވާ ޤަބޫލުކުރަން އުނދަގުލެވެ. ނަމަވެސް އިތުރަށް މިވާހަކަދައްކާކަށް ނެތީމެވެ. އަހުރެން މިވަކީލްކުރަނީ ﷲ ތަޢާލާއަށެވެ!" 
އެހިސާބުން ފިރިމީހާ ހުރީ ވަރަށް އުފަލުންނެވެ. އޭނާއަށް ސަލާމަތްވެވުނީ ކަމަށް ބަލައިގެންނެވެ. ނަމަވެސް ކަންތައް މެދުވެރިވި ގޮތް އެނގޭހެއްޔެވެ؟ އެރޭ ދެމަފރިން އެއްދާންކުރަން މަސައްކަތްކުރުމުން ފިރިމީހާގެ ގުނަވަނުގައި އެއްވެސް ބާރެއް ނުޖެހުނެވެ. އެތައް އިރެއްވަންދެން އެގޮތް މިގޮތް ހަދައިގެންވެސް އެއްވެސް ބަދަލެއް ނައުމުން ދެން އެކަން އެރޭ ނުވާނެ ކަމަށް ބަލައި ނިންމައިލީއެވެ. 
އެކަން ވެގެންދިއައީ ހަމައެކަނި އެރެއަށް މެދުވެރިވި ކަމަކަށް ނޫނެވެ. މަސްދުވަސްވީއިރުވެސް ކަންތައް މެދުވެރިވީ ހަމައެގޮތަށެވެ. ޑޮކްޓަރުންނަށް ދައްކައިގެން ކުރި ބޭހަކުން އެއްވެސް ފައިޑާއެއް ނުކުރިއެވެ. 
އެހިސާބަށް ދިއުމުން އަނބިމީހާ އެދިގެން ވަރިވީއެވެ. ވަރިވަމުން އަނބިމީހާ ބުންޏެވެ. "އަހުރެން މިވަރިވަނީ އެއްދާން ނުކުރެވިގެނެއް ނޫނެވެ. ތިއައީ ކަލޭ ތެދުވެރިކަމާއިއެކު ހުއްޓައި މެދުވެރިވި ކަމެއް ނަމަ ޢުމުރަށްވެސް ކެތްތެރިވާނަމެވެ. އަހުރެން މިވަކިވަނީ ތިބާދެކެ ވަރަށް ލޯބިވާ ޙާލުގައެވެ. ނަމަވެސް ﷲ ތަޢާލާ ގަންދީ ދޮގުހުވާކުރުމުން ލައްނަތް ލައްވަވާފައިވާ މީހަކު ކަމަށް ޤަބޫލުކުރެވޭތީ ކިތަންމެ ލޯބިވީނަމަވެސް އެފަދަ މީހަކާއެކު ނުއުޅެންވެގެންނެވެ." 
އަހުރެންގެ ވާހަކަ އަޑުއެހި އެންމެންނާއި އަދި އަޑުއަހާނެ މީހުންނަށް ބުނެލަމެވެ. މިވާހަކަ ހުރިހާ އެކުވެރިންނަށް ފަތުރާށެވެ! ޝެއާކުރާށެވެ! މިބާވަތުގެ ނުބައި ޢަމަލުތައް ނުކުރާ މީހުންގެ ހިތުގައިވެސް ބިރުވެރިކަން އުފެދޭނެއެވެ. ދޮގުހުވާ ކުރަން ބިރުވެތިވާނެއެވެ. އަދި ކުރާ މީހުންގެ ހިތުގައިވެސް ބިރުވެތިކަން އުފެދި ޢަމަލުތައް އިޞްލާޙްކުރުމުގެ ފުރުޞަތު ބޮޑުތަނުން އިތުރުވާނެތީއެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ