އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުވާތީ އެ ސިޓީގެ ރައްޔިތުން މިއަދު ހަވީރު އިހުތިޖާޖު ކުރަން ނިންމައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުން ގުޅިގެން އިންތިޒާމުކުރާ މި އިހުތިޖާޖު ބޭއްވުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00 ޖަހާއިރު ހިތަދޫ ފެނަކަ އޮފީސް ކުރިމަތީގަ އެވެ.
އިހުތިޖާޖު ރޭވުމުގައި ހަރަކާތްތެރިވާ މީހަކު އަދަދު އާ ވާހަކަ ދައްކަމުން ބުނީ ރަށުގެ ރައްޔިތުން އިހުތިޖާޖަށް ނިކުންނަން ޖެހުނީ ކަރަންޓު މައްސަލަ ހައްލުކޮށްދޭން ސަރުކާރުންވީ ވައުދާ ހިލާފުވެ، ދިގު ލައިގެންދާތީ ކެތްތެރިކަން ކޮޅުންލުމުން ކަމަށެވެ.
"ރޯދަ މަހު ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށް ބުނީ. އަދިވެސް މައްސަލަ ހައްލެއް ނުވޭ. ދިގުލައިގެން ދާތީ ކެތް ނުވެގެން އެންމެ ފަހުން އިހުތިޖާޖަށް ނިކުންނަން މި ޖެހުނީ،" އޭނާ ބުންޏެވެ.
އައްޑޫ ސިޓީގައި ރޯދަ މަސް ފެށުނު ފަހުން ވެސް ކޮންމެ ދުވަހަކު އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާތީ އެކަމާ ރައްޔިތުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.
އެ ސިޓީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ބުދަ ދުވަހުގެ ރޭ އައްޑޫއަށް ވަޑައިގެންނެވުމުން ރައްޔިތުންގެ ބަޔަކު ގަން އެއާޕޯޓަށް ގޮސް އިހުތިޖާޖުކޮށް އަޑުއުފުލާފައިވެ އެވެ.
އައްޑޫއަށް ނަޖާހު ވަޑައިގެންނެވީ އެ ސިޓީގެ ކަރަންޓު މައްސަލަ ހައްލު ކުރެވެން އޮތް ހަމައެކަނި ގޮތަކީ އިހުތިޖާޖު ކުރުން ކަމަށް މޭޔަރު އަލީ ނިޒާރު ބުދަ ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.
އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ނުވާތީ މިއަދު ހަވީރު އިހުތިޖާޖަށް ނިކުންނަނީ އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ނުވާތީ މިއަދު ހަވީރު އިހުތިޖާޖަށް ނިކުންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ