ރާއްޖެއިން ގެއްލުނު އިންޑިއާ މީހާ ނުހޯދިގެން މައްސަލަ އިންޑިޔާގެ ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ރާއްޖެއިން ގެއްލުނު އިންޑިއާ ފިރިހެެނެއް ނުހޯދިގެން އެމައްސަލަ އިންޑިއާ ސުޕްރީމް ކޯޓަށް ހުށަހަޅަން އާއިލާއިން ޕެޓިޝަނެއް ހުށަހަޅަން އުޅޭ ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
ޓައިމްސް އޮފް އިންޑިއާ (ޓީއައިއޯ) އިން ރިޕޯޓްކުރި ގޮތުގައި ސްނޯކްލިންއަށް ގޮސް އުޅުނު އުމުރުން 24 އަހަރުގެ އާފްތާބް ޙާން ގެއްލިފައިވަނީ އިފުރު ރިސޯޓް ހިސާބުންނެވެ. އާފްތާބް ގެއްލިގެން ރިޕޯޓްކުރިތާ 12 ދުވަސް ފާއިތުވެގެންގޮސްފައިވާ ކަމަށް ޓީއައިއޯ އިން ރިޕޯޓްކުރިއެވެ.
އާފްތާބްއަކީ  ރާއްޖޭގެ ރިޒޯޓެއްގައި މަސައްކަތްކުރި ޝެފެކެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރި ފަހުން އާއިލާއިން ވަނީ އެެ މަައްސަލަ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށްވެސް ހުށަހަޅާފައެވެ. 
Advertisement
ޓީއައިއޯ އަށް އާފްތާބްގެ އާއިލާއިން މައުލޫމާތު ދިންގޮތުގައި  އާފްތާބް އާއިލާއަށް އެންމެ ފަހުން ގުޅާފައިވަނީ ޖެނުވަރީ 27 ގެ ދަންވަރު 03:00 ހާއިރުއެވެ. އެދުވަހުގެ ހަވީރު 05:30 ގައި އޭނާ މަސައްކަތްކުރަމުންދިޔަ އިފުރު އައިލެންޑް ރިޒޯޓުން އާއިލާއަށް ގުޅާފައި އޭނާ ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު ހިއްސާ ކުރި ކަމަށް އާއިލާއިން ބުނެފަައިވެއެވެ. 
ޖެނުވަރީ 31 ގައި އާފްތާބްގެ އާއިލާ ތަމްސީލުކުރާ ގާނޫނީ ވަކީލު ޒީޝާން ޚާން ރާއްޖެއަށް އައުމަށްފަހު ވަނީ އިންޑިޔާގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ޓީއައިއޯ އަށް މައުލޫމާތު ދީފައެެވެ. އޭނާއާއި އެއްކޮށް ރާއްޖެ އައި އާފްތާބްގެ އާއިލާ މީހެއް ކަމުގައިވާ މުޖީބް ޚާން ބުނީ އާފްތާބްގެ ފޯނު އާއިލާއާއި ހަވާލުކުރަން އެދުމުން އޮފިޝަލުން ފޯނު ދިނުމަށް އިންކާރުކުރި ކަމަށެވެ. އަދި ސީސީޓީވީ ފުޓޭޖް ދިނުމަށްވެސް އިންކާރު ކުރި ކަމަށް އާއިލާއިން ބުނެފައި ވެއެވެ. 
ޓީއޯއައި އިން ބުނީ ވޯކް ވިސާއެއްގެ ދަށުން އާފްތާބް ރާއްޖެއަށް މަސައްކަތްކުރަން އައީ މިދިޔަ އަހަރުގެ މާޗް މަސް ތެރޭގައި ކަމަށެވެ. 
"އަހަރެމެންނަށް އެނގިފައިވާ ގޮތުގައި އާފްތާބްއާއިއެއްކޮށް ޕަރަމްޖީތް ނަމަކަށް ކިޔާ މީހަކު ސަލާމަތްކޮށްފައިވޭ. އޭނާ މިހާރުވީ ހޮސްޕިޓަލުގައި.  ޕަރަމްޖީތުގެ ޙާލަތު ގޯސް އަދި އޭނާއަށް ވާހަކަވެސް ނުދެއްކޭ މިހާރު"
އާފްތާބްގެ އާއިލާ
މީގެ އިތުރަށްވެސް އާއިލާއިން ބުނީ އިތުރު ހެއްކެއް ނުލިބެނީސް އާފްތާބް ގެއްލުނު ކަމަށް އާއިލާއިން ގަބޫލުކުރަން ބޭނުންނުވާ ކަމަށެވެ. ނިމިދިޔަ ނޮވެމްބަރ މަސް ތެރޭ އާފްތާބް ކައިވެނިކުރަން މީހަކާއި އެންގޭޖްވެފައިވާ ކަމަށްވެސް އާއިލާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ