އަނެއްކާވެސް މަރުތޭލަކުން މީހަކަށް ހަމަލާ ދީފި، ދެ މީހަކު ހައްޔަރަށް

ފުލުހުން ބުނީ އެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހުންގަން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރު ފެނިފައިވާ ކަމަށެވެ. އަދި ވަޅިއެއް ވެސް ފެނިފައިވާ ކަމަށެވެ.
ހުޅުމާލޭގައި ރޭ މީހަކަށް މަރުތޭލަކުން ހަމަލާދިން މައްސަލައެއްގައި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ ރޭ 11:35 ހާއިރު މި ހާދިސާގެ ރިޕޯޓް ލިބުނީ، ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެނދި ޓާފް ދަނޑުގެ ހުޅަނގުފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީގެން އުޅޭ ކަމަށެވެ.މި މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ. ހަމަލާދީފައި ވަނީ މަރުތޭލަކުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.މާރާމާރީއަށްފަހު ހަމަލާދިން ދެ މީހުން ފިލައިގެން ބްރިޖް ހައިވޭއިން މާލެ ދަނިކޮށް ފުލުހުން ވަނީ އެމީހުން ހުއްޓުވާފަ އެވެ. ހުއްޓުވުމަށްފަހު ދެ މީހުން ވެސް ވަނީ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ގދ. ފިޔޯރީ، ހީނާމާގެ، ރުސްތުމް އިބްރާހިމް (25އ) އަދި ބ. ހިތާދޫ، ސްޓާ، އަބްދުﷲ ޒާހިދު ޒުބައިރު (18އ) އެވެ.ފުލުހުން ބުނީ އެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހުންގަން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރު ފެނިފައިވާ ކަމަށެވެ. އަދި ވަޅިއެއް ވެސް ފެނިފައިވާ ކަމަށެވެ.މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.ފަހަކަށް އައިސް މަރުތޭލުން މީހުންނަށް ހަމަލާދޭ މައްސަލަތައް ވަނީ ގިނަވެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ