ގއ. ވިލިނގިލީގައި ބުދަ ދުވަހު ވިހޭ އަންހެނަކާއި އޭނާ ވިހެއި ދަރިފުޅު ނިޔާވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގާފައިވާ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ސިޒޭރިއަން ހެދުމަށް ފަހު އިތުރު ފަރުވާއަށް އިތުރު ފަރުވާ ނުލިބި ލަސްވެގެން ނިޔާވެފައި ވަނީ، ގއ ވިލިނގިލީ ޒަމާނީވިލާ ޝިއުނާ ތައުފީގާއި ޝިއުނާ ވިހެއި އޭނާގެ 3 ވަނަ ދަރިފުޅެވެ.
އެދެމައިން ނިޔާވީ، އެއަރ އެމްބިއުލާންސްގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން ބަލިމީހާ ގޮވައިގެން ނުފުރި ލަސްވުމުގެ ސަބަބުން ކަމަށް ވިލިނގިލީ ކައުންސިލްގެ މެންބަރަކު ވަނީ ސޯޝަލް މީޑިއާގައި ލިޔުއްވާފައެވެ. އަދި އަންހެން މީހާއަށާއި ދަރިފުޅަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމުގެ ތުހުމަތުތައް ވެސް އަންނަނީ ކުރަމުންނެވެ.
Advertisement
އެކަމާއި ގުޅިގެން ވަޒީރު އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގއ. ވިލިގިލީގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާޢީ ތަހުގީގެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހި ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެއަރ އެމްބިއުލާންސް އޮޕަރޭޓްކޮށްފައިވަނީ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސަސްއާއި ގުޅިގެން، ދެމައިން މެޑިކަލް އިވެކުއޭޓް ކުރުމަށް ބޭނުންވާ އާލާތްތަކާއެކު ޕްރޮޓޮކޯލްގެ ދަށުން ކަމަށެވެ.
މި މައްސަލަ ހެލްތު މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.
ވިލިނގިލީގައި ދެމައިން ނިޔާވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ