ހަމާސްގެ ލީޑަރު ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް، ޝަހީދުކޮށްލައިފި އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ބަލައިގަނެ 241 ކޮމިޓީއަށް ފޮނުވައިފި ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އިސްލާމިކް ސަމިޓުގައި ގޮވާލައިފި އިޒްރޭލަށް ޝަރުތުކާނު
ނިރުބަވެރި އިސްރާއިލުން ފަލަަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުން އަންނަ ހަަމަލާތަކުގައި 5 ނޫސްވެރިން ޝަހީދު ކޮށްލައިފިއެވެ.
ޣައްޒާގެ ހަބަރު ގެނެސްދޭ ފަރާތަކުން ބުނެފައި ވަނީ މި ފަސް ނޫސްވެރިން ޝަހީދު ކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައި އައްޒާއަށް އިސްރާއީލުން ދިން އަނިޔާވެެރި ހަމަލާއެއްގައެވެ.
ނޯރ ގަންދިލް ޝަހީދު ކޮށްލާފައިވަނީ އޭނަގެ ގެއަށް އަމާޒުކުރި ހަމަލާއެއްގައި އޭނަގެ ފިރިމީހާ އާ އެކުއެވެ. އަޒީޒް އަލް ހައްޖަރ އާއި އޭނަގެ އަނބި މީހާގެ އިތުރުން ކުދިން ވަނީ ޝަހީދުކޮށްލާފައެވެ. އަހްމަދް އަލް ޒިނަތީ ޝަހީދު ކޮށްލާފައިވަނީ ހާންޔުނިސް އަވަށުގައި ކުދިންނާއި އަނބި މީހާ އާއި އެކު ޓެންޓެއްގައި އުޅެމުން ދަނިކޮށެވެ. އަދި އަބްދުލް ރަހްމާން ވެސް ޝަހީދު ކޮށްފައިވަނީ ހާންޔުނިސް އަވަށުގައި ހުރި ޓެންޓެއްގައި އުޅެމުން ދަނިކޮށް ކަމަށް ހަބަރުތައް ބުނެއެވެ.
ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށް ދާއިރު ނިރުބަވެެރިންގެ ހަމަލާ ތަކާއެކު ހޮސްޕިޓަލް ވަށާލުމާ އެކު ޣައްޒާ ގެ އުތުރު ސަރަހައްދުގެ ހުރިހާ ސަރުކާރު ހޮސްޕިޓަލްތަކުން މިހާރު ވަނީ ޚިދުމަތް ދިނުން ހުއްޓާލާފައި ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ދާދި ފަހުން ބުނެފައިވެއެވެ. ބަލިމީހުންނާ މުވައްޒަފުން އަދި ސާމާންތައް ހޮސްޕިޓަލަށް ގެންދެވޭނެ މަގު ބަންދުވުމާއެކު މި ނިންމުން މިނިސްޓްރީއިން އިއުލާން ކުރުމާއެކު އިތުރު ދަތިތަކެއް ކުރިމަތިވެ ޣައްޒާގެ ރައްޔިތުން އިންތިހާ އަށް ކަންބޮޑުވެއެވެ.
ނިރުބަވެރި އިސްރާއިލުން މިއަދުވެސް ޣައްޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާއިރު، މިހާތަަނަށް މިއަދު އެކަނި 125 މީހަކު ޝަހީދުކޮށްލާފައި ވާއިރު ރޭންފެށިގެން ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 239 އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ