ރަށު އޭޭޓީއެމްތަކުން 1.3 ބިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވޭ: ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ އޭޓީއެމްތަކަށް 1.3 ބިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ނ. އަތޮޅުގެ ބައެއް ރަށްތަކުގައި އޭޓީއެމް ހިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، ކޮންމެ ރަށެއްގައި އޭޓީއެމް ގާއިމުކުރުމަކީ ފަސޭހަކަމެއް ނޫން ނަމަވެސް އެއީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ އަމާޒަކީ އެއްވެސް ރައްޔިތެއް އަދި އެއްވެސް ރަށެއް ބާކީ ނުކުރުމެވެ.
ީބީއެމްއެލްއިން ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކުރަން ހިންގާ ޕްރޮގްރާމާ ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ އޭޓީއެމްތަކުން ކުރާ މުއާމަލާތްތައް ވެސް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ބީއެމްއެލް އޭޓީއެމްތަކުން މިހާރު ވެސް ދުވާލަކު 38000 މުއާމަލާތްކުރާ ކަމަށް ވިދާޅުވި އެވެ. އެގޮތުން: 
ދ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކަށް އޭޕްރީލްގެ ނިޔަލަށް 14 މިލިއަން ރުފިޔާ ޖަމާކޮށްފައި؛ އެއީ 2000 އަށްވުރެ ގިނަ މުއާމަލާތް 
ހއ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން ފައިސާ ޖަމާކުރުމަށް 8,000 މުއާމަލާތް ހިންގައި 45 މިލިއަން ރުފިޔާގެ މުއާމަލާތް؛ މިއީ ގާތްގަނޑަކަށް 5 ހަފްތާތެރޭ ކޮށްފައިވާ މުއާމަލާތްތައް
"މުޅި ރާއްޖެއިން ވެސް ފެންނަނީ ފައިސާ ޖަމާކުރުމަށް އޭޓީއެމް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތަން. މިގޮތުން އެޕްރީލްގެ ނިޔަލަށް މާލޭ ފިޔަވައި އަތޮޅުތެރޭ ގާއިމުކޮށްފައިވާ އޭޓީއެމްތަކުން 240,000 މުއާމަލާތް ކޮށް، ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވޭ،" ޝަރީފް ވިދާޅުވި އެވެ. 
ބީއެމްއެލްގެ އަމާޒަކީ މިއަހަރު ނިމޭއިރު 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުން ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއާއެކު މުޅި ރާއްޖޭގައި ބީއެމްއެލްގެ 250 އަށްވުރެ ގިނަ އޭޓީއެމް ބަހައްޓާނެ ކަމަށެވެ. 
ޝަރީފް ފާހަގަކުރެއްވި ގޮތުގައި އެ ބޭންކުން ކުރާ މުއާމަލާތްތަކުގެ %90 ކުރަނީ ޑިޖިޓަލްކޮށްނެވެ. އަދި އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕްލިކޭޝަނަށް ދުވާލަކު އެއް މިލިއަން ފަހަރު ކަސްޓަމަރުން ލޮގިންވާކަން ޝަރީފް ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ