ކުރިއަށް އޮތް ހަފުތާ ތެރޭގައި ވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އަންނަ ހުކުރު ދުވަހަކީ ބޮޑު އީދުގެ ފުރަތަމަ ދުވަހެވެ. އެހެންވެ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އީދާ ހަމައަށް ފޯރާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ.
ބުނީ ކީކޭ؟ - "ރާއްޖޭގެ އެކި ހިސާބުތަކަށް ވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހޭނެ. އަދި ކަނޑުތައް ވެސް ގަދަކޮށް އުޅޭނީ،" މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު މި ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
އީދު ފާހަގަ ކުރުމަށް އާއްމު ގޮތެއްގައި މީހުން ރަށްރަށަށް ފުރައިގެން ދަނީ ހައްޖު ދުވަހު އެވެ. އެކަމަކު މިހާރު މޫސުން އޮތް ގޮތުން، ދަތުރުވެރިންނަށް ވިއްސާރައާ ކުރިމަތިލާން ޖެހޭނެ އެވެ.
އީދަށް ގިނަ ބަޔަކު ރަށުން ބޭރަށް ދާނެތީ، މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ކަނޑު އުޅަނދު ދުއްވާއިރު ސަމާލުވާންވީ ކަންކަން:
މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެއްކުރުން
ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް އުޅަނދަށް މީހުންނާއި މުދާ ނޭރުވުން
ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުން
އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުން
ބޮޑު އީދު އޮތީ ވިއްސާރައާ އެކުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ