ފުލުހުންގެ ވަޒީފާއަށް ހަޔާ ޓެކްނިކަލް ސަޕޯޓް އޮފިސަރުންގެ މަގާމުގައި ހަތަރު ސެކިއުރިޓީ އެނަލިސްޓުން ހޯދަން އިއުލާންކޮށްފި އެވެ.
އެ މަގާމަށް އެދި ހުށަހަޅާ މީހުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑު ބަލާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއެކު ޖޫން 16، ގެ ހަވީރު 4:00 ޖެހުމުގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަނަށް ހުށަހަޅަން ވަނީ އެދިފަ އެވެ.
ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ހަވީރު 4:00 ޖެހުމާ ހަމައަށެވެ.
ސެކިއުރިޓީ އެނަލިސްޓުންނަށް ކުރިމަތިލާ މީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވެގެން ނުވުމާއެކު، ކުރިމަތިލާ މީހުންނަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު ނުވަތަ ބެކްރައުްޑް އެސަސްމަންޓުން ފާސްވާން ޖެހެ އެވެ.
ފުލުހުންގެ ވަޒީފާއަށް ހަތަރު ސެކިއުރިޓީ އެނަލިސްޓުން ހޯދަނީ ފުލުހުންގެ ވަޒީފާއަށް ހަތަރު ސެކިއުރިޓީ އެނަލިސްޓުން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ