ކެފޭއެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓި އަނިޔާވެއްޖެ

އެ މީހާ ފުރާޅުން ނަގާފައި ވަނީ ސިފައިންގެ އެހީތެރި ކަމުގަ އެވެ. އަދި ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
މާލޭގައި ކެފޭއެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓި އަނިޔާވެއްޖެ އެވެ.   
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 11:14 ހާއިރު ކަމަށެވެ. އެ މީހާ ވެއްޓުނީ މާފަންނު ޖޭޒް ކެފޭ ފުރާޅު މައްޗަށެވެ.އެ މީހާ ފުރާޅުން ނަގާފައި ވަނީ ސިފައިންގެ އެހީތެރި ކަމުގަ އެވެ. އަދި ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.އަނިޔާވީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ ސަރަހައްދު ގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާ ތަހުގީގު ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.އެ މީހާ ފުރާޅަށް ވެއްޓުނީ ކީއްވެ / ކިހިނެތް ކަމާ ކިހާ އުސް މިނަކުން ކަމެއް އަދި ލިބުނު އަނިޔާގެ ތަފްސީލެއް ނޭންގެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ