ސަސްޓެއިނަބަލް “ހެލްތު ސްކީމެއް” ޤާއިމް ކޮށްދެއްވޭނީ ގާސިމް އިބްރާހިމްއަށް: ނިޝާމާ އެއްވެސް މީހެއްގެ ފަހަތަށް އަރައި މަސައްކަތެއް ނުކުރާނަން: އުމަރު ލުތުފީ ފިލައިގެން އުޅެނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި- އުމަރު ނަސީރު މަގުބޫލު ލިޔުންތައް އައްޑު ސ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމުގެ ސަބަބުން ‘ރައްޔިތުންގެ މަޖިލިސް’ ބަދަލުވީ ‘ޕާޓީގެ މަޖިލީހަކަށް’ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި އުމަރު ނަސީރު ވިދާޅުވީ އެ ގެނައި ބަދަލުގެ ސަބަބުން މަޖިލީހުގެ މެންބަރުން، ޕާޓީގެ ލީޑަރުންގެ މުށުތެރޭ ތާށިވެއްޖެ ކަމަށެވެ. އަދި ލީޑަރު ނުރުހޭގޮތަކަށް އަމަލުކޮށް ހިޔާލު ތަފާތު ވެއްޖެނަމަ، ނުވަތަ ދެކޮޅަށް ވޯޓުދީފިނަމަ ޕާޓީއިން ވަކިކޮށްލުމުން ގޮނޑި ގެއްލިގެންދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ނަސީރު ވިދާޅުވީ ޕާޓީގެ ލީޑަރު ކިތަންމެ ބޮޑު ނުބައިކަމެއް ކުރިޔަސް، ހަނުހުރުން ނޫނީ ސަނާކިޔުން ނޫންގޮތެއް މެންބަރަކަށް ދެން ނޯންނާނެ ކަމަށެވެ. އަދި މިހިސާބުން މެންބަރުގެ އަމިއްލަ ވިސްނުމާ ފިކުރަށް ވަކާލާތުކޮށް ވޯޓުދިނުން ނިމުމަމަކަށް އައީ ކަމަށް އޭނާ ސިފަކުރެއްވިއެވެ. އިތުރަށް އުމަރު ނަސީރު ވިދާޅުވީ ޕާޓީއެއްގެ ޓިކެޓްގައި މީހަކު މަޖިލީހަށް އިންތިހާބު ވިޔަސް އެ މެންބަރަކު ހޮވުމަށް ވޯޓުދޭ 75 އިންސައްތަ މީހުންނަކީ ޕާޓީގެ މީހުން ނޫންކަމަށެވެ. އެހެންކަމުން މަޖިލިސް މެންބަރު ތަމްސީލު ކުރަން ޖެހެނީ މުޅި ރައްޔިތުން ކަމަށާއި ޕާޓީއެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ވޭތުވެދިޔަ 19 އަހަރު ދުވަހު މި ގައުމަށް ލިބުނު ހުރިހާ ގެއްލުމެއް ލިބުނީ ސިޔާސީ ޕާޓީތަކުގެ ސަބަބުން ކަން ފާހަގަކޮށް އުމަރު ނަސީރު ވިދާޅުވީ މުޅި ރައްޔިތުން ނިކުމެ އިންތިހާބުކުރާ މަޖިލީހެއްގެ ބާރު ދެ ޕާޓީގެ ލީޑަރުން އަތަށް ލިބިގެންދިޔައީކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ