ދިވެހި ރެޑްކުރެސެންޓުން "ޔޫތު އޭޒް އެޖެންޓްސް އޮފް ބިހޭވިއަރ ޗޭންޖް"ގެ ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދެވަނަ ބުރެއް ހުޅުވާލައި، ބައިވެރިވުމުމަށް ހުޅުވާލައިފިއެވެ.
ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ލައިފް ސްކިލްތަކުގެ ތެރޭގައި ހިމެނޭ އެކި ލުއި ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން އެކްޓިވް ލިސިނިންގ، ދޭދޭ ފަރުދުންގެ މެދުގައި ދިމާވާ މައްސަލަތައް, ދެބަސްވުންތައް ހައްލުކުރުން، ޕާސަނަލް ރެޒީލިއަންސް, ނަފްސާނީ ވިލުންތެރިކަން ނުވަތަ ދިމާވާ އުނދަގޫ ކަންކަމުގައި ކުރިއަށް ދިއުމުގެ ގާބިލުކަން އިތުރުކުރުންފަދަ ހުނަރުތައް، މި ޕްރޮގްރާމުގެ ތެރެއިން ދަސްކޮށްދޭނެއެވެ.
އުމުރުން 25 އަހަރުން ދަށުގެ ޕިއަރ އެޑިއުކޭޓަރުން މެދުވެރިކޮށް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ ފަރާތްތަކަށް، މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ވަނީ ހުޅުވާލާފައެވެ. އެގޮތުން https://forms.office.com/e/H84tSQ4aJg ލިންކުން ޕްރޮގްރާމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްދާނީ ހުކުރު ދުވަހުގެ 14:00 އިން 18:00 އަށް އަދި 20:00 އިން 22:00 އަށް ކަމަށް ރެޑް ކްރެސެންޓް އިން މައުލޫމާތު ދެއެވެ.
ޒުވާނުން ޒުވާނުންނަށް: ދިރިއުޅުމަށް ބޭނުންވާ ލުއި ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމުގެ އިތުރު ބުރެއް ހުކުރު ދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ