ދިރާގަށް ލިބުނު ދެ ބިލިއަންގެ އާމްދަނީން ޓެކުހުގެ ގޮތުގައި ދެއްކީ 114 މިލިއަން

މާލީ ހިސާބުތައް ދައްކާ ގޮތުން ސެޕްޓެންބަރު މަހުގެ ނިޔަލަށް އެ ކުންފުނިން ޓެކުހަށް ހަރަދުކުރީ 114.2 މިލިއަން ރުފިޔާ އެވެ. އެއީ އެ މުއްދަތުގައި ލިބުނު އާމްދަނީގެ އެންމެ 5.4 އިންސައްތަ އެވެ.
ދިރާގަށް މި މަހު އާމްދަނީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބުނުއިރު ޓެކުހުގެ ގޮތުގައި ދައްކާފަައިވަނީ 114.2 މިލިއަން ރުފިޔާކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ. 
އެ ކުންފުނިން އާންމުކޮށްފައިވާ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު އެ ކުންފުންޏަށް ފާއިތުވި ތިން ކުއާޓާގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ. މޯބައިލް ހިދުމަތްތަކުން އާމްދަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ. 
ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ދިރާގަށް ލިބިފައިވަނީ އިންޓަނެޓު ހިދުމަތްތަކުންނެވެ. އެގޮތުން ފިކްސްޑް އަދި ބްރޯޑްބޭންޑާއި އެންޓަޕްރައިސް ހިދުމަތްތަކުން އެ ކުންފުންޏަށް 914.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެހެނިހެން ހިދުމަތްތަކުން 63.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. 
އެ ކުންފުނީގެ ހިންގުމުގެ ހަރަދުތައް 893 މިލިއަނަށް އަރަ އެވެ. އަދި އެ މުއްދަތުގައި ފައިނޭންސްގެ ހަރަދުތަކަށް ޖުމްލަ 79.1 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ. ކުންފުނީގެ ހިންގުމުގެ ހަރަދުތަކާއި ފައިނޭންސް ހަރދުތައް އުނިކުރުމަށްފަހު 814.1 މިލިއަން ރުފިޔާގެ ފައިދާއެއް އެ ކުންފުންޏަށް ލިބުނެވެ. 
އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން ސެޕްޓެންބަރު މަހުގެ ނިޔަލަށް އެ ކުންފުނިން ޓެކުހަށް ހަރަދުކުރީ 114.2 މިލިއަން ރުފިޔާ އެވެ. އެއީ އެ މުއްދަތުގައި ލިބުނު އާމްދަނީގެ އެންމެ 5.4 އިންސައްތަ އެވެ. 
ޓެކުހަށް ފަހު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 699.8 މިލިއަން ރުފިޔާ އެވެ. އަދި ހިއްސާއަކަށް 9.21 ރުފިޔާގެ އާމްދަނީއެއް ލިބުނުކަމަށްވެސް ކުންފުނީގެ މާލީ ހިސާބުތައް ދައްކަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ