އިސްތިއުނާފީ ކޯޓުތަކާއި ސިވިލް ކޯޓު ރިސެސްއަށް ދިޔަ ނަމަވެސް އެންމެ ގިނަ މައްސަލަތައް ބަލާ ކްރިމިނަލް ކޯޓުން މިއަދު ރިސެސްއަށް ގޮސްފައެއް ނުވެ އެވެ.
މިއަދުން ފެށިގެން ގިނަ ކޯޓުތައް ރިސެސްއަށް ނުވަތަ ޗުއްޓީއަށް ހިނގައްޖެ އެވެ.
މިއަދުން ފެށިގެން ރިސެސްއަށް ގޮސްފައި ވަނީ ސުޕްރީމް ކޯޓާއި ހައިކޯޓުގެ އިތުރުން ސިވިލް ކޯޓެވެ. މި މުއްދަތުގައި ކޯޓުތަކުން އާންމުކޮށް ހިންގާ ޝަރީއަތްތަކެއް ކުރިއަކަށް ނުގެންދާނެ އެވެ.ސިވިލް ކޯޓުން ބުނެފައި ވަނީ އެ ކޯޓު ރިސެސްގައި އޮންނާނީ މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.ހައިކޯޓުން ބުނެފައި ވަނީ އެ ކޯޓު ރިސެސްގައި އޮންނާނީ މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް ވަކި ބާވަތްތަކުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް އެކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމާފައިވެ އެވެ.އެގޮތުން އެ ކޯޓުގެ ބީ12 ސެކްޝަނުން ބަލާ މައްސަލަތަކާއި، މޮނިކޮން އަމުރުތަކާއި، އަވަސް ތަބީއަތުގެ އަމުރުތަކާއި، ހުކުމް ތަންފީޒުކުރުން އަވަސް ކުރުމުގެ އަމުރުތަކުގެ އިތުރުން އިޖުރާއީ އިއުތިތާޟާ ގުޅޭ ނިންމުންތަކުގެ ތެރެއިން މުއްދަތު ހަމަވާ މައްސަލަތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ. އަދި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސްތައް ވެސް މި މުއްދަތުގެ ތެރޭގައި އޮންނާނެ އެވެ.ސުޕްރީމް ކޯޓު ރިސެސްގައި އޮންނާނީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުވަރީ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ. އެކޯޓުން ބުނީ ކޯޓުތަކުގެ ގާނޫނާއި ގާނޫނުއަސާސީ އަދި ވަކި ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި އެކޯޓުގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށެވެ.ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުން ނުބޭއްވި ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ދާނެ ކަމަށް އެކޯޓުން ބުންޏެވެ.އިސްތިއުނާފީ ކޯޓުތަކާއި ސިވިލް ކޯޓު ރިސެސްއަށް ދިޔަ ނަމަވެސް އެންމެ ގިނަ މައްސަލަތައް ބަލާ ކްރިމިނަލް ކޯޓުން މިއަދު ރިސެސްއަށް ގޮސްފައެއް ނުވެ އެވެ. އެކޯޓުން ރިސެސްއަށް ދިއުމާމެދު އަދި ވަކި އެއްޗެއް ނުބުނެ އެވެ. މިދިޔަ އަހަރު އެ ކޯޓުން ރިސެސްއަށް ގޮސްފައެއް ވެސް ނުވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސުޕްރީމް ކޯޓު، ހައިކޯޓު އަދި ސިވިލް ކޯޓު މިއަދުން ފެށިގެން ރިސެސްއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ