ސުޕްރީމް ކޯޓުން ގަވައިދު ބާތިލު ނުކުރާތީ، މައްސަލައިގައި ގޮތެއް ނިންމަން އަނެއްކާވެސް ބަހުސަކަށް!

ސަރުކާރުގެ މަގާމުތަކަށް ދާން މެމްބަރުކަމުން އިސްތިއުފާ ދިން މެމްބަރުންގެ ގޮނޑިތައް ނުހިމަނައި ޖުމްލަ އަޣުލަބިއްތަތު ގުނާ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގައި ގަވައިދު ބާތިލު ނުކުރާތީ އެކަމަށް ގޮތެއް ނިންމައިދޭން އެދި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ތަޅުމަށް ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުން ރިޔާސަތުގެ ހުށަހެޅުމެއްގެ ގޮތުގައި އަސްލަމް ހުށަހެޅީ ސުޕްރީމް ކޯޓުން މެމްބަރުންގެ ޖުމްލަ އަޣުލަބިއްޔަތު ގުނުމުގައި އަމަލު ކުރާނެ ގޮތާ ގުޅޭގޮތުން ކުރި ހުކުމެވެ. އަސްލަމް ހުށަހެޅީ މަޖިލިސްގެ ގަވައިދުގެ 242 ގެ 1 ވަނަ މާއްދާގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާއާއި މެދު ގޮތެއް ނިންމައި އުވާލަދިނުމުގެ މައްސަލަ އެވެ.
ބަހުސަށް ހުޅުވާލުމުން ޖަލްސާގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ހިޔާލުތަފާތުވުން އުފެދުނު މައްސަލައިގައި ސުޕްރީމް ކޯޓުން މިހާރު ހުކުމެއް ނެރެފައިވާކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުން މެމްބަރެއްގެ ގޮނޑިއެއް ގުނާނީ ހަމައެކަނި މެމްބަރަށް ނޫންކަމަށާއި އެއީ ދާއިރާގެ އެތައް ރައްޔިތުންނެއްގެ މައްޗަށް ނިސްބަތްވާކަމަށް ވާތީ ގޮނޑިތައް ގުނަން ޖެހޭނީ ދާއިރާތަކުގެ ގޮނޑިއާއި އެކު ކަމަށެވެ.
ސިރާޖު ވިދާޅުވީ އެއްވެސް ގަވައިދެއް ގާނޫނުތަކާ ފުށުއަރާ ގޮތައް ނެހެދޭނެކަމަށެވެ.
ސިރާޖު ވިދާޅުވީ ގޮނޑިތައް ގުނާނެ ގޮތާއި، އަދި މާނަކުރަން ޖެހޭ ގޮތް ސުޕްރީމް ކޯޓުގެ ހުކުމުން އެނގެން އެބައޮތް ކަމަށެވެ.
އެހެން ނަމަވެސް އަސްލަމް ވިދާޅުވީ ބަހުސެއް ކުރަން އޭނާ ހުށަހަޅާފައި ނުވާނެކަމަށާއި، އެދެނީ އެކަމުގައި ގޮތެއް ނިންމަން ކަމަށެވެ. ސަބަބަކީ މަޖިލީހުގެ އެ ގަވައިދު ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ނުވާއިރު ރިޔާސަތުގައި ހުންނަވައި އޭނާ އަމިއްލައިން އެ ގަވައިދާއި މެދު އިތުރު ގޮތެއް ނުނިންމޭނެތީ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ފެށޭނީ، ކޯރަމްއަކަށް ބެލުމަށްފަހުކަމަށާއި އަހަން ޖެހޭ މުހިންމު ވޯޓުތަކަށް ދެވެން އޮތީ ވެސް އެއަށް ފަހު ކަމަށެވެ. އެހެންކަމުން ދެން ގަވައިދާ މެދު ގޮތެއް ނިންނަން ކޮމިޓީއަކަށް ފޮނުވާނީ ތޯ ނިންމައިދޭން އަސްލަމް ތަކުރާރުކޮށް ވިދާޅުވި އެވެ.
މީގެ ކުރިން ބާއްވަން މަސައްކަތް ކުރި ދެ ހަފްތާގެ ޖަލްސާ ވެސް ކުރިޔަށް ނުގެންދެވުނީ، ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ. އަސްލަމް ވިދާޅުވީ މިއަދުގެ ޖަލްސާ ފަށަން ކޯރަމްއަށް ބެލީ 22 މެމްބަރުންކަމަށެވެ. އަދި މަޖިލީހުގެ އެއްވެސް މަސައްކެތެއް ކުރިޔަށް ގެންދެވޭނީ، ގޮތެއް ނިންމައިގެންކަމަށްވާއިރު ގަވައިދެއް އެއީ ބާތިލު ގަވައިދެއް ނަމަ އެ އެގޮތުގައި ނުބޭއްވޭނެކަމަށް އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުން ގަވައިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރުމަށް ނިންމާފައިވާ ގޮތަކީ، ”ގާނޫނުއަސާސީގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލިސްގެ މެމްބަރަކު މެމްބަރުކަމުން ވަކިވުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލިސްގެ ކުރިޔަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށް ވުރެން ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލިސްގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ހުސްވި ގޮނޑިއެއް ނުހިމެނޭނެ“ ކަމަށެވެ.
އެ މާއްދާގެ ފަހަތަށް އިތުރު ކުރާ (ށ) ގައި ވަނީ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މަޖިލިސްގެ ޖުމްލަ މެމްބަރުންގެ އަދަދަށް އަންނަ ބަދަލު އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި އެކަން ރިޔާސަތުން އިއުލާނު ކުރަންވާނެ ކަމަށެވެ.
މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ހުކުމް ކުރީ، ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާއި ހިލާފަށް ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ. ހުކުމުގައި ވަނީ ގާނޫނު އަސާސީގައި ވަކި ކަންކަން ނިންމަން އެކި އަދަދުތަކުގެ އަގުލަމިއްޔަތު ހިމަނާފައި ވަނީ ހައްސާސީ، އުސޫލީ ބޮޑެތި ކަންކަން މަދު ބަޔަކު ތިބެގެން ނިންމުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ. އަޒްމިރަލްދާ ވިދާޅުވީ މެންބަރުންގެ ވިސްނުމަކީ ގާނޫނު އަސާސީގެ އުސޫލީ ކަންކަން މަދު ބަޔަކު ނޫނީ މަދު ސިޔާސީ ޖަމާއަތެއްގެ މަސްލަހަތުގައި ނިންމުމުގެ ފުރުސަތު ނުދިނުމަށް އަޅާފައިވާ ހިމާޔަތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ