ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ރޭ ދަންވަރު އަވަހާރަވެއްޖެއެވެ.
ކެންސަރު ބަލީގައި ހުސައިން ފަރުވާ ހޯއްދަވަމުން ގެންދަވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު، އޭނާ އަވަހާރަވެފައި ވަނީ ހާލު ގޯސްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގައި ދެ ދައުރު މަސައްކަތް ކުރެއްވި ހުސައިން އަކީ ގިނަ ބަޔަކު ސިފަކުރަމުން އަންނަ ގޮތުގައި އަޑުއައްސަވާ، އޯގާތެރި ބޭފުޅެކެވެ. ޑިމޮކްރަސީ ކުރިއަރުވައި ރައްޔިތުންނަށްޓަކައި މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ވެސް ފާހަގަކުރެ އެވެ.
އުމުރުން 53 އަހަރުގައި ހުސައިން އަވަހާރަވި އިރު އަނބިކަނބަލަކާއި 3 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
އެމް ޕީ ހުސެއިން ވަހީދު ފާހަގަވީ މަޖިލިސް އިން ދިމާވި ނުހަނު ހިތްހެޔޮ އަދި ބޭބެއެއް ފަދައިން ރަނގަޅު ނަސޭހަތް ދެއްވި ބޭފުޅެއްގެ ގޮތުގައި.
މަރްހޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާށި . އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި !آمیـــــن???????? pic.twitter.com/hvQzYDarxF
— Yasir Abdul Latheef (@YasirLathyf) December 13, 2021
އާލާސްކަންފުޅާ ފަރުވާ ހޯއްދެވުމަށް އަހަރެއްހާ ދުވަހު ބޭރުގައި ގިނަ ދުވަހު އުޅުއްވުމަށް ފަހު މިއަހަރުގެ މާޗްމަހު މަޖިލީހުގެ ޖަލްސާއެއްގައި ވަނީ އޭނާއަށް ގުޅައި އަދި އެކި ގޮތްގޮތުން ހާލު ބެލި އެންމެންނަށް ޝުކުރު އަދާކުރައްވައިފައެވެ. އެދުވަހުވެސް ވިދާޅުވެފައިވަނީ ހާލު މުޅިން ރަނގަޅުނޫން ކަމަށެވެ.
”ބޭސްފަރުވާއެއް ކުރަމުން މިއަދު މިހިސާބަށް އައިސް އަނެއްކާވެސް ތިޔައެންމެ ބޭފުޅުންނާ ބައްދަލުވެ އެއްޗެއް ބުނެލަން ލިބުުމުން އަޅުގަނޑު ހަމަ މާތްﷲ ސުބްހާނަހޫ ވަތައާލާއަށް ހަމްދާއި، ޝުކުރުކުރަން،“ ހުސައިން އެދުވަހު ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ފާހަގަކޮށްލެވެނީ ހިތްހެޔޮ، އެންމެންނާ ގުޅޭ މެމްބަރެއްގެ ގޮތުގައެވެ. އޭނާ އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އެކި ބޭފުޅުން އަންނަނީ ތައުޒިޔާ ކިޔަމުންނެވެ.
ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ