ރ. ފައިނުގައި އެއަރޕޯޓް އެޅުމަށް އެރަށުގެ ގިނަ ރައްޔިތުން ތާއީދުކުރޭ- ޑިފެންސް މިނިސްޓަރ
ރ. ފައިނުގައި އެއަރޕޯޓް އެޅުމަށް އެރަށުގެ ގިނަ ރައްޔިތުން ތާއީދުކުރާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.ފައިނު އެއަރޕޯޓް މަޝްރޫޢާއި ގުޅޭގޮތުން މީޑިއާގައި ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ފައިނުގައި އެއަރޕޯޓް އެޅުމަކީ މީގެ އަހަރުތަކެއް ކުރިންވެސް ސަރުކާރުން ކުރަން ރާވާ އަދި ރަށުގެ ރަށްޔިތުންވެސް ބޭނުންވާ ކަމެއްކަމަށް. މިނިސްޓަރ އިތުރަށް ވިދާޅުވީ އެއާފޯޓް އަޅާ އައިލެންޑް އޭވިއޭޝަނުން އެރަށުގައި ބޭއްވި ބައްދަލުވުމަށް ހާޒިރުވި މީހުންގެ ތެރެއިން އެކަމާއި ދެކޮޅުހެދީ ތިން މީހުން ކަމަށެވެ. އަދި އެބައްދަލުވުމަށް ރަށުގެ ގިނަ ރައްޔިތުން ހާޒިރުވި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ ފައިނު އެއާރޕޯޓް މަޝްރޫއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވިޓްވީޓެއްގައި ވިދާޅުވީ، ރ. ފައިނުގެ 95 އިންސައްތަ ރައްޔިތުން ހިތާ ރޫހުން އެއަރޕޯޜޓް މަޝްރޫއު ކުރިއަށް ގެންދިއުމަށް ރައީސްޔާމިންގެ ސަރުކާރަށް ތާއީދުކޮށްގެން ތިއްބެވިކަމަށެވެ. އަދި ރައްޔިތުން ކަނު އަނދިރީގައި ބައިތިއްބަން ބޭނުންވާ އިދިކޮޅު އެމްޑީޕީގެ ބަޔަކު އެއާރޕޯޓާއި ދެކޮޅުކަމަށްވެސް ނިހާންގެ ޓްވީޓްގައި ބުނެފައިވޭ. ރ. ފައިނުގައި އެއާޕޯޓެއް ތަރައްޤީކުރުމަށް އައިލެންޑް އޭވިއޭޝަނާއެކު އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ މެއިމަހުގެ 30 ވަނަ ދުވަހުގައެވެ. 3 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއަށް 8 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފައިވެއެވެ. އަދި ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމައި އެއާޕޯޓް ހުޅުވާނެކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ