އިންޖީނަށް ބާރު ބޮޑުވެ މުޅި އުނގޫފާރުން ކަރަންޓު ކެނޑިއްޖެ

މުޅި އުނގޫފާރުން ކަރަންޓު ކެނޑިއްޖެއެވެ. އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ އޮފިޝަލަކު މަޢުލޫމާތު ދިން ގޮތުން ކަރަންޓު ކެނޑިފައިވައި ވަނީ ކަރަންޓު ބޭނުންކުރާ މިންވަރު މަތިވެ އިންޖީނު އޯވަލޯޑްވެ، ޕެނަލް ބޯޑުގައި ރޯވެގެންނެވެ.އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ ފަރާތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުން އަލުން ކަރަންޓު ދެވޭ ގޮތް ހެދުމަށްޓަކައި އުނގޫފާރު އުތުރު ސަރަހައްދުގެ ގޭތަކަށް ކަރަންޓުދޭން ބަހައްޓާ އިތުރު ފީޑާ ގުޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އިންޖީނުގޭގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމަށް ކަމަށާއި ރައްޔިޔުން ކެއްތެރިވެލެއްވުން އެދޭ ކަމަށެވެ.އަދި މިދަނޑިވަޅުގައި ރައްޔިޔުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި ހުރިހާ ބޭފުޅުން ކެއްތެރިވެލައްވައިގެން ގޭގައި މަޑުކުރެއްވުމަށް އެދޭ ކަމަށެވެ. ޓެގްއުނގޫފާރު ރައްޔިތުންގެ އިންޖީނުގެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ