އެލްޖީއޭގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އެގޮތުން އެލްޖީއޭގެ މެމްބަރު ކަމަށް އައްޔަނުކުރަން މަޖިލީހުން ފާސްކުރެއްވި ބޭފުޅަކީ ސ. ހިތަދޫ، ފަރުދާ ބަގީޗާގެ އަހުމަދު ހަސަން އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ފާސްކުރީ 57 މެމްބަރުންގެ ވޯޓުން ނެވެ. ގައުމީ ސަލާމަތުގެ ކޮމިޓީ އެލްޖީއޭގެ މެމްބަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅު ދިރާސާ ކުރުމަށް ފަހު ނެރުނު ރިޕޯޓުގައި ވަނީ ކޮމެޓީން އެ ފަރާތްތަކާ އިންޓަވިއުކޮށް ކުށުގެ ރިކޯޑާއި ސާބިތު ދަރަނީގެ ރިކޯޑު ވެސް ސާފުކޮށްފައިވާ ކަމަށެވެ. ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ އެލްޖީއޭގެ ބޯޑަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއު ކުރެއްވުމަށް ފަހު 75 ޕަސެންޓަށް ވުރެ މަތިން މާކުސް ލިބިވަޑައިގަންނަވާ ފަރާތަކީ އެ އޮތޯރިޓީގެ ބޯޑަށް ގާބިލު ބޭފުޅެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވިދާޅުވީ އެލްޖީއޭގެ ބޯޑަށް 17 ފަރާތަކުން ކުރިމަތިލައްވާފައިވާ ކަމަށެވެ. އެ 17 ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކުސް ލިބިވަޑައިގެންނެވި ބޭފުޅަކީ ސ. ހިތަދޫ، ފަރުދާ ބަގީޗާގެ އަހުމަދު ހަސަން އެވެ. އޭނާ އަށް ވަނީ 88.6 ޕަސެންޓު ލިބިވަޑައިގެންފަ އެވެ. އޭނާއާ އެންމެ ގާތުން މާކުސް ލިބިވަޑައިގަތްފައި ވަނީ ޏ. ފުވައްމުލަކު، ރަންދޯރު އަހުމަދު ސައީދަށެވެ. އާންމުންގެ ފަރާތުން އެލްޖީއޭގެ ބޯޑަށް ހޮއްވަވާފައިވާ ފޮނުއްވެވި ސުޖާއު ހުސައިންގެ އެ މަގާމުން ވަކިކުރުމާ ގުޅިގެން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ