ފަޅުރަށަކަށް ހޮނު އަޅައި ތިން ބިދޭސީއަކު ޒަހަމްވެއްޖެ

ދ. އުއްދު ނަމަކަށް ކިޔާ ފަޅުރަށަކަށް ހޮޅު އަޅައި ތިން ބިދޭސީއަކަށް ރޭ އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދަނޑުވެރިކަން ކުރާ ރަށަކަށް ހޮނު އަޅައި ތިން މީހަކަށް އަނިޔާ ލިބިގެން ރޭ 11:20 ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
ހޮނު އަޅައިގެން ޒަހަމް ލިބުނު މީހުންނަށް، އުއްދު ރަށް ދޫކޮށްފައިވާ ސަން އިންވެސްޓްމެންޓް މެނޭޖްމަންޓުން ހިންގާ ރިސޯޓެއްގައި ހުރި ޑޮކްޓަރަކު ވަނީ ފަރުވާ ދީފަ އެވެ.
ދ. އަތޮޅަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ގުގުރައި ހޮޅު އެޅުމުގެ ސަބަބުން އެ އަތޮޅު ބަނޑިދޫ ޕޮލިސް ސްޓޭޝަނަށް ވެސް ގެއްލުންތަކެއް ވެފައި ވެ އެވެ. އެގޮތުން އެ ތަނުގައި ބޭނުންކުރާ ކަރަންޓު ބައެއް ސާމާނުތަކަށް ގެއްލުން ލިބިފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ