މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމާއި ގުޅިގެން މިއަދުގެ ޖަލްސާ ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމާއި ގުޅިގެން މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
މަޖިލީހުގެ އިދާއިރާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމާއި ގުޅިގެން ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރަމުންދާތީ މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާ މާދަމާއަށް ފަސްކުރެވިފައިވާ ކަމަށެވެ.
މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމާއި ގުޅިގެން ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރަމުންދާތީ މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާ މާދަމާއަށް ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
— People's Majlis (@mvpeoplesmajlis) April 21, 2020
މަޖިލީހުގެ ޖަލްސާ މިއަދު ބާއްވަން ތާވަލް ކޮށްފައި ވަނީ ހަފްތާއެއްގެ މެދުކެނޑުމަކަށްފަހުއެވެ. މަޖިލީހުގެ ޖަލްސާ މަޖިލީހުގެ ތަޅުމުގައި ބޭއްވުމަށް މަޝްވަރާ ކުރި ނަމަވެސް މި ހަފްތާގެ މަޖިލިސް ޖަލްސާތައް ވެސް ބޭއްވުމަށް ނިންމާފައިވަނީ އޮންލައިންކޮށެވެ.
މަޖިލީހުގެ އިދާރާއިން ރޭ ވަނީ މިއަދު މަޖިލިސް ޖަލްސާއެއް އޮންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް މިއަދު މަޖިލިސް އިދާރާއިން ކަރަންޓު ކެނޑުމާއި ގުޅިގެން މަޖިލިސް އިދާރާއިން ފުރަތަމަ ބުނީ މިއަދުގެ ޖަލްސާ ލަސް ކުރެވިފައިވާ ކަމަށެވެ. އަދި ކަރަންޓުގެ މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް ޖަލްސާ ފަށާނެ ކަމަށެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި ލޯކް ކައުންސިލް އިންތިހާބު ފަސް ކުރުމާއި މިހާރު ތިބި ކައުންސިލަރުންގެ ދައުރާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ބިލު ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ