ކަރަންޓު ބިލާފި ފެންބިލު ހިލޭ ކުރަން ރައްޔިތުންގެ މަޖިލީހުން އެސްއޯއީ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމު ހުށަހެޅުއްުވުމުން އެ ކޮމިޓީގައި ތިއްބަވާ ވެރިކަން ކުރާ އެމްޑީޕީގެ ގިނަ މެމްބަރުންގެ ތާއީދު އެކަމަށް ނުލިބުމުގެ ސަބަބުން އެގޮތަށް ފާސްނުވިއެވެ. މިރޭ އޮތް ބައްދަލުވުމުގައި ޝިޔާމު ހުށަހެޅުއްވީ ލޮކްޑައުންގެ ސަބަބުން ރައްޔިތުން އަބަދު ގޭގައި ތިބެން ޖެހުމުގެ ސަބަބުން، ކަރަންޓު އަދި ފެން ބޭނުންކުރާ މިންވަރު އިތުރުވާނެތީ ސަރުކާރުން މިހާރު ނިންމާފައި އޮތް ގޮތަށް ކަރަންޓު ބިލުން 40 އިންސައްތަ އަދި ފެންބިލުން 30 އިންސައްތަ އުނިކުރިއަސް ރައްޔިތުންގެ ޖީބަށް ލުޔެއް ނުލިބޭނެތީ މާޗު އަދި އޭޕްރިލް މަހުގެ ބިލްތައް ހިލޭ ކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދެވެ. އަދި ވޯޓު ދެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ އާއި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބޮންޑޭ އާއި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދެވެ. އެ ކޮމިޓީގައި މުޅި އެކު ތިއްބަވަނީ ޕީޕީއެމްގެ 3 މެމްބަރަކާއި، އަމިއްލަ މެމްބަރަކާއި ޕީއެންސީގެ މެމްބަރަކާާއި، ޖޭޕީގެ މެމްބަރަކާއި އެމްޑީޕީގެ 8 މެމްބަރުންނެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ފެން ބިލާއި ކަރަންޓު ބިލު ހިލޭ ކުރަން އެމްޑީޕީ މެމްބަރުންގެ ތާއީދު ނުލިބުމުން ފާސްނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ