ކުރީގެ ރައީސް މުހައްމަދު ނަޝީދު، 2008 ވަނަ އަހަރު ވެވަޑައިގެންނެވި ދަތުރުފަތުރުގެ ވަޢުދާއި ގުޅިގެން، އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ ތެރެއިން 174 މިލިއަން ރުފިޔާ ދޫކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފި އެވެ.
ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ 348.10 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދޭށެވެ.
އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ، 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިން ބައިކުޅަ އެއްބައަށްވާ، 116 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މި މަހުގެ ކުރީކޮޅުގައެވެ.
ނަމަވެސް ދައުލަތާ، ދީބާޖާ އާ ދައުލަތާ އެކު ކުރެވުނު ސެޓްލްމެންޓް މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ.
"ވަގުތު” މައުލޫމާތު ދެމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ރައީސް މިހާރު ވަނީ ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން ނިންމާފައި ކަމަށާއި އަދި އެފައިސާ ދޫކޮށްފައި ނުވާ ކަމަށެވެ.
ހޫދު ވިދާޅުވީ، އެފައިސާ ދައްކަން ޖެހޭގޮތް ސެޓުލްމަންޓް ކޮމިޓީއިން ރައީސް އަށް ލަފާ ދޭނެ ކަމަށެވެ.
"ދީބަޖާއާއި ނެގޯޝިއޭޓް ކޮށްފައި އެ ފައިސާ ދޫކުރާނީ ކިހިނެއްތޯ އެނގޭނީ. އިންސްޓޯލްމެންޓަށް ނޫނީ ގަނޑުކޮށްތޯ." ހޫދު ވިދާޅުވިއެވެ.
ބަދަލުގެ ގޮތުގައި ދީބާޖާ އަށް 174 މިލިއަން ދޭން ރައީސް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ