ސިވިލް ސަރވިސް ކޮމިޝަނުން ޝަހީދު ވަކިކުރުމަށް ހުށައަޅައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ނައިބު ރައީސް ޝަހީދު މުހައްމަދު އެކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމުގެ މައްސަލަ ކުރިޔަށް ގެންދިުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ ޝަހީދުު ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމުގެ މައްސަލައެއް މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމިޓީއިން ކުރިއަށް ގެންދަން ބޭނުން ވާތީ، އެކަން ރިޔާސަތުގެ ސަމާލުކަމަށް ގެނެސްފައިވާކަން އިއުލާން ކުރައްވައިފައެވެ.
އެހެންކަމުން އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުވައްސަަސާތަކުގެ ކޮމެޓީ އަށް ފޮނުވާފައިވާ ކަމަށްވެސް މަޖިލީހުގެ ރިޔާސަތުން އިއުލާން ކޮށްފައިވެއެވެ.
ޝަހީދުު ސީއެސްސީ އަށް އައްޔަނުކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ.
މިގޮތުން މީގެ ކުރިންވެސް ވަނީ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއްގައި އޭނާ މަގާމުން ވަކި ކުރުމަށް ނަން ހުށަހަޅައިފައެވެ. އެފަހަރު އެ މައްސަލަ ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ