ކަށިވިދުރި ބަލި އިނގިރޭސި ވިލާތުގައި ފެތުރެމުން އެ ބަލިން ރައްކާވުމަށް ދުނިޔޭގައި އެންމް ފުރަތަމަ ވެކްސިންޖަހަންފެށި މީހާކަމުގައި އިނގިރޭސި ޑޮކްޓަރު އެޑުވާރޑް ޖެނަރ (1749–1823) ވަނީ މަޝްހޫރުވެފައެވެ. ނަމަވެސް، ޙަޤީޤަތް މާތަފާތެވެ. ޖެނަރ އުފަންވުމުގެ ކުރިން، ކަށިވިދުރި ބައްޔަށް ރައްކާތެރިކަން ހޯދުމަށް ޢުޘްމާނީ ޚިލާފަތުގައި ވެކްސިންޖަހާއުޅުނެވެ. ވެކްސިނޖެހުމުގެ ޢިލްމު އިނގިރޭސިވިލާތަށް ތަޢާރަފުވީ ޢުޘްމާނީ ޚިލާފަތުގެ ވެރިރަށް ކަމުގައިވި އިސްޠަންބޫލަށް ޒިޔާރަށްކުރެއްވި ލޭޑީ މޭރީ މޮންޓެގިއު (1698 - 1782) ނަމަކަށްކިޔުނު އިނގިރޭސި ޢިއްޒަތްތެރި ބޭކަނބަލެއް މެދުވެރިކޮށެވެ.ކަށިވިދުރި ބަލިން ރައްކާތެރިކުރަން ޢުޘްމާނީ ޚިލާފަތުގައި ބޭނުން ކުރި އުކުޅުތަކާއި ބެހޭގޮތުން 1717 ގައި ލޭޑީ މޮންޓެގިއު ލިޔުނެވެ. އަދި 1718 ގައި، އިސްތަންބޫލުގައި ހުރި އިނގިރޭސި އެމްބަސީގައި ހުރި ޑޮކްޓަރު ލައްވާ އޭނާގެ 5 އަހަރުގެ ފިރިހެންދަރިއަށް ކަށިވިދުރިއާއި ދެކޮޅަށް ވެކްސިންޖެހިއެވެ. 1721 ގައި އޭނާގެ 4 އަހަރުގެ އަންހެން ދަރިޔަށްވެސް ވެކްސިންޖެހިއެވެ. އިނގިރޭސި ޢިއްޒަތްތެރި ޢާއިލާތަކުތެރޭ ވެކްސިން ޖެހުމުގެ މިކަންތައް ފެތުރި، ބަލައިގަނެވޭ އެއްޗެއް ކަމުގައި ވެކްސިންވެގެން ދިޔައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އެނގޭތަ : ޔޫރޮޕުގެ ކުރިން ވެކްސިން ޖެހުމުގެ ޢިލްމު ހޯދާ އޭގެ ބޭނުން ހިފީ މުސްލިމުންކަން؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ