ލިއޮނެލް މެސީ ހިފެހެއްޓުން އެއް ކައިރިކޮށްލާފައި މިރޭގެ މެޗުން ކޭޕް ވާޑޭއަށް އޮތް ފުރުސަތަކީ ކޮބައިތޯ ބަލާއިރު ވެސް ދައްކަނީ ވަރަށް ބަނަކޮށެވެ. އެއީ އެއްގޮތަކުން މުސްތަހީލު ކަމަކަށް ވެސް ވެދާނެ އެވެ.
އޮޕްޓާއިން ދެ ޓީމުގެ ހުރިހާ މައުލޫމާތެއް 25،000 ފަހަރަށް އެކި ގޮތްގޮތަށް ބެލުމުން ވެސް އެފްރިކާ ތަމްސީލުކުރާ ކުޑަކުޑަ ކޭޕް ވާޑޭއަށް މިރޭގެ މެޗުން މޮޅުވުމުގެ ފުރުސަތު އޮތީ އެންމެ %5.3 އަށެވެ.
އެއަށް ވުރެ މެޗު އެއްވަރުވުމުގެ ފުރުސަތު ވެސް ބޮޑެވެ. އެގޮތުން މިރޭގެ މެޗު އެއްވަރުވުމުގެ ފުރުސަތު %11.2އަށް އެބަ އޮތެވެ.
އާޖެންޓީނާ މޮޅުވާނެ ކަމަށް ލަފާކުރަނީ ކިހާ ވަރަކަށް ހެއްޔެވެ؟ ޖަވާބަކީ %83.5 އެވެ.
މިސާލަކަށް ގަދަ 32ގެ މި މެޗު އެއްވަރުވީ އެވެ. ޕެނެލްޓީން މި މެޗުން ކާމިޔާބުކުރުމުގެ ފުރުސަތު ވެސް މާ ބޮޑަށް ބުރަވަނީ އާޖެންޓީނާ ކޮޅަށެވެ. އެގޮތުން އާޖެންޓީނާއަށް %89.8 ބުރަވެ އެވެ. ޕެނެލްޓީން މޮޅުވެގެން ގަދަ 16އަށް ދާން ކޭޕް ވާޑޭއަށް އޮތް ފުރުސަތަކީ، އެ ލަފާކުރުންތަކުގައި، އެންމެ %10.2 އެވެ.
އެންމެ ފަހުން ނޮކްއައުޓްގައި އާޖެންޓީނާ ކުޅުނު 13 މެޗުގެ ތެރެއިން ހަތް މެޗު ވަނީ އިތުރު ވަގުތުގެ ކުޅުމަށް ގޮސްފަ އެވެ. އެހެންކަމުން މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާއެއް ނުނިތުމަކީ އާޖެންޓީނާއަށް އެހާ ތަދު ކަމެއް ނޫނެވެ.
މިއީ މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.
ކޭޕް ވާޑޭއަށް އޮންނާނެ އެންމެ ބޮޑު ބިރަކީ ކެޕްޓަން މެސީ އެވެ. އެއީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު (6) ޖެހި ދެ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އަނެއް ކުޅުންތެރިޔަކީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ.
އޮޕްޓާގެ ލަފާކުރުން: އާޖެންޓީނާ އަތުން މޮޅުވާން ކޭޕް ވާޑޭއަށް އޮތީ އެންމެ %5.3 ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ