ސުޕްރީމް ކޯޓުގެ އޮޑިޓެއް ޖޭއެސްސީން ހަދަނީ

ސުޕްރީމް ކޯޓުގެ ސްޓްރެޓީޖިކް އޮޑިޓެއް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ވިދާޅުވީ އެ ކޯޓުގެ އޮޑިޓެއް ކުުރުމަށް ނިންމާފައި ވަނީ، މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައި ކަމަށެވެ.އަދި މި އޮޑިޓް ކުރުަށް ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ ނިޒާމާއި، މާލީ ކަންކަން ހިނގަމުންދާ ގޮތް ބެލުމަށްޓަކައި އޮޑިޓެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ޖޭއެސްސީން ވިދާޅުވީ، މިއޮޑިޓް ކުރިއަށް ގެންދާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އިންޓާނަލް އޮޑިޓުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ އޮޑިޓެއް ކުރުމަށް ޖޭއެސްސީން ނިންމާފައިވާއިރު، ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު މަގާމުގެ ނުފޫޒު ބޭނުންކުރައްވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދާދިފަހުން ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ