ސިނަމާލެ ބްރިޖް މެދުވެރިކޮށް، މާލެ - ހުޅުލެ - ހުޅުމާލޭގެ ކަރަންޓުގެ ނެޓުވޯކު އެއް ވިއުގައަކުން ގުޅާލުމަށް މާލޭގައި ބަހައްޓާ ޓްރާންސްފޯމަރުގެ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މިހާރު ކުރިއަށްދަނީ ޓްރާންސްފޯމަރު ބަހައްޓާ އިމާރާތުގެ ކޮންކްރިޓް އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި ހުޅުމާލޭގައި އަޅާ ޓްރާންސްފޯމަރު ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ނިމުމުން މާލެ ސަރަހައްދުގައި ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަަމަށެވެ.
ކަރަންޓުގެ އެއް ނެޓުވޯކަކުން މާލެ ސަރަހައްދުގައި ހިމެނޭ ރަށްތައް ގުޅާލުމުގެ ޕްލޭން ހަދައި އެމަސައްކަތް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.
މުޣުނީ ވިދާޅުވި ގޮތުގައި ޓްރާންސްފޯމަރުތައް ބޭނުންކުރަނީ ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓް ގެ އިންޖީނުގެއިން ކަރަންޓު ފޯރުކޮށްދިނުމަށްޓަކައެވެ. އަދި މާލޭގައި ބަހައްޓާ ޓްރާންސްފޯމާ ސްޓޭޝަންގައި 50 މެގަވޯޓުގެ ދެ ޓްރާންސްފޯމާސް ބަހައްޓާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ.
ކަރަންޓުގެ އެއް ނެޓުވޯކުން ގުޅާލުމަށް މާލޭގައި ޓްރާންސްފޯމަރު ބަހައްޓަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ