ހަމްޒާއާއި އިތުރު ބައެއްގެ މައްޗަށް ލޯނަށް ފައިސާ ދައްކަން ހުކުމްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނަކަށް ފައިސާ ދައްކާފައި ނުވާތީ އެ ލޯނަށް ފައިސާ ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާއާއި އިތުރު ބައެއްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ މެދުފުށި އިންވެސްޓްމަންޓުގެ ނަމުގައި ބީއެމްއެލް އިން ނަގާފައިވާ ލޯނެއް ނުދައްކައިގެން އަރާފައިވާ އިންޓްރެސްޓް ފައިސާއާއި ޖޫރިމަނާ ފައިސާއާއެކު ޖުމުލަ 17,625,729.95 ޑޮލަރު އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
ހުކުމްގައިވާ ގޮތުން މި ލޯނުގެ މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކަކީ މ. ތްރީއޭ ވިލާ އަބްދުﷲ އަލީ އާއި، އެގޭ އިބްރާހީމް ޖިހާދާއި، އަހްމަދު ހަމްޒާއާއި، ޝަމްއޫނާ އަބްދުﷲ އަލީ އާއި އަލީ ޝިޔާމްއާއި، ސ. މަރަދޫ އަލަނާސިގޭ މުހައްމަދު ލަތީފުއާއި، ހަމަ އެގޭ ސަމްޝުލްމުނާ އެވެ.
ހުކުމްގައި ބުނެފައިވަނީ ދައުވާ ލިބޭ ފަރާތްތަކުން ކޯޓަށް ދީފައިވާ ބަޔާންތަކުން އެފައިސާ އަކީ ބީއެމްއެލްއަށް ދައްކަންޖެހޭ ފައިސާތަކެއްކަން އިނގޭތީ އެ ލޯނަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހުކުމްކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ