ޖަމާލުއްދީން ސްކޫލް ކައިރީ ހުރި ސައިކަލެއްގައި ރޯކޮށްލައިފި

ޖަމާލުއްދީން ސްކޫލް ކުރިމަތީ ޕާކިން ޒޯނުގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ބަޔަކު ރޯ ކޮށްލައިފިއެވެ.
އެސައިކަލުގައި ރޯ ކޮށްލާފައިވަނީ ރޭ ފަތިހު 04:30 ހާއިރު ކަމަށާއި އަދި އެސައިކަލުގައި ރޯ ކުރުމުގެ ސަބަބުން ކައިރީ ހުރި އެހެން ސައިކަލަކަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި އަދި މިކަމާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމަށް ވިދާޅުވިއެވެ.
އެސަރަހައްދަށް ސީއެންއެމްގެ ނޫސްވެރިން ދިޔަ އިރު ރޯކޮށްފައިހުރި ސައިކަލުގައި ފެންނަން ހުރީ ސައިކަލުގެ މައިގަނޑުގެ ދަނގަޑުތައް އެކަންޏެވެ. ސައިކަލު ހުރީ އެއްކޮށް އަނދާ ހުލިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ