ފުލުހުންގެ މަސައްކަތް ރައްޔިތުން ބަލައިގަންނަ ހިދުމަތަކަށް ހަދަން ކޮމިޝަނާ އެދިވަޑައިގެންފި

ފުލުހުންގެ ހިދުމަތަކީ ރައްޔިތުން އުފަލާއެކު ބަލައިގަންނަ ހިދުމަތަކަށް ހަދަން ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ފުލުހުން ކިބައިން އެދިވަޑައިގެންފި އެވެ.
ކޮމިޝަނާ އެގޮތަށް އެދި ވަޑައިގެންނެވީ މާލެ ސިޓީ ޕޮލިސްގައި ހިމެނޭ ޕޮލިސް ސްޓޭޝަންތަކުގެ ފުލުހުންނާ ރޭ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭ އިސްކަންދަރު ބިލްޑިންގުގައި އޮތް ބައްދަލުވުމުގައި ކޮމިޝަނާ ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުން އުފަލާއިއެކު ބަލައި ގަންނަ ހިދުމަތަކަށް ހަދަން މަސައްކަތް ކުރުމަށާއި ރައްޔިތުންނާއި މުއާމަލާތް ކުރުމުގައި ރީތި ބަހުރުވަ ބޭނުން ކުރަން ފުލުހުން ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އަދި ރައްޔިތުންނާއި ގުޅި، އެކުގައި މަސައްކަތްކޮށް ރައްޔިތުންނާ ވީ އެންމެ ގާތުން ފުލުހުންގެ ހިދުމަތްދިނުމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ ހިދުމަތުގައި ދަތިތަކަކާ ކުރިމަލާންޖެހޭނެކަން ގަބޫލު ކުރުމަށެވެ.
މިހާރު ސެޓޭޝަންތަކުގައި ފުލުހުން ބޭނުންކުރަމުންދާ އާލާތްތަކާއި ގިނަ ވެހިކަލްތަކެއް ހަލާކުވެފައިވާތީ ފުލުނުގެ އިންފްރާސްޓްރަކްޗާ އިތުރަށް ރަނގަޅުކޮށް ތަރައްގީ ކުރުމަށް 2014 ވަނަ އަހަރުގެ ތެރޭގައި މަސައްކތްކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ