ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުވުން މިއަދުގެވަގުތެއްގައި ކުރިއަށް ގެންގޮސްފައިވާއިރު މި ދެބޭފުޅުން ބައްދަލުކުރައްވާފައިވަނީ ކުރީގެ ރައީސް ރައީސް ނަޝީދުގެ އަމިއްލަފުޅު ގެ، ގ. ކެނެރީގޭގަ އެވެ.
މިބައްދަލުވުމުގައި މި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމުގެ މައުލޫމާތު ރައީސް ނަޝީދުގެ އޮފީހުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް އަދި ހާމަކޮށްފައެއް ނުވެ އެެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް އިންތިހާބު ކުރެއްވި ފަހުން މިއީ ކުރީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު މަޖިލީހުގެ ރައީސްއާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް ނަޝީދު މިއަދު ގާސިމާއި ބައްދަލުކުރައްވާފައިވާއިރު، އިއްޔެ ވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާވެސް ބައްދަަލުކުރައްވާފަ އެވެ. މީގެ އިތުރުން ރައީސް ނަޝީދު ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާވެސް ބައްދަލުކުރައްވާފަ އެވެ.
ރައީސް ނަޝީދު އިދިކޮޅު ދެ ލީޑަރުންނާއި ބައްދަލުކުރައްވާފައިވާއިރު، މިހާރު ބައްދަލުނުކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާ އެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ރާއްޖެއިންބޭރުގައެވެ.
ކުރީގެ ރައީސްނަޝީދާއި ގާސިމް އިބްރާހިމް ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ