މައުމޫން ފުރަތަމަ ފަހަރަށް އެމްޑީޕީ އޮފީހަށް ވަޑައިގެންފި
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުރަތަމަ ފަހަރަށް މިއަދު އެމްޑީޕީގެ އޮފީހަށް ވަޑައިގެންފި އެވެ. ރައީސް މައުމޫން ފުރަތަމަ ފަހަރަށް އެމްޑީޕީ އޮފީހަށް މި ވަޑައިގަތީ، ސަރުކާރު ކޯލިޝަނުގެ ހިމެނޭ ހަތަރު ލީޑަރުންގެ މެދުގައި ބާއްވާ މުހިންމު މަޝްވަރާ ބައްދަލު ވުމަކަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މައުމޫން އަރިހުގައި އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން އާއި މައުމޫނު ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި އަނީސާ އަހްމަދު ވެސް ވަޑައިގަތެވެ. މައުމޫންގެ ދިގު ތިރީސް އަހަރުގެ ވެރިކަން ބަދަލުކުރުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ އެމްޑީޕީގެ އޮފީހަށް އެމަނިކުފާނު ވަޑައިގަނެފައި މިވަނީ އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީ، އާއި ޖޭޕީގެ އިތުރުން އަދާލަތު ޕާޓީ އަދި މައުމޫން ރިފޯމް މޫމަންޓް އިން ވާދަކުރައްވާނެ ގޮތަކާއި މެދު ގޮތެއް ނިންމުމަށެވެ. ޒަމާންވީ ދެ ހަތަރުންގެ ގޮތުގައި ބެލެވުނު ކުރީގެ ދެ ރައީސްން ކަމަށްވާ ރައީސް މައުމޫން އާއި ރައީސް ނަޝީދު އެކުގައި ސިޔާސީ މަސައްކަތް ކުރަން އެއްބަސްވެފައި ވަނީ ނިމިގެން ދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ކޮރަޕްޝަނާއި އަނިޔާވެރިކަން ހުއްޓުވުމަށް ކަމަށް އެ ފަރާތްތަކުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ