ދާއިރާގެ އެމްޑީޕީ އޮފީސް ދިއްދޫގައި ރައީސް ނަޝީދު ހުޅުވައިދެއްވައިފި

ދިއްދޫ ދާއިރާގެ އެމްޑީޕީ އޮފީސް ހއ.ދިއްދޫގައި ރައީސް މުހައްމަދު ނަޝީދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް ނަޝީދު ދިއްދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދާއިރާގެ އޮފީސް ހުޅުވައިދެއްވީ މިއަދު ހެނދުނެވެ. ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގެންނެވީ އިއްޔެއެވެ.
ދިއްދޫއަށް ވަޑައިގެން ދިއްދޫގެ ރައްޔިތުންނާއި އެރަށު ކައުންސިލާއި ރައީސް ނަޝީދު ވަނީ ބައްދަލު ކުރައްވާފައެވެ. އޭގެ ފަހުން ކެލާ ކައުންސިލާވެސް ރައީސް ނަޝީދު ވަނީ ބައްދަލުކުރައްވާފައެވެ. Raees @MohamedNasheed, Kelaa Council membarun’aai adhi dhaairaage baeh isfaraaiythakaai bahdhalu kuravvanee pic.twitter.com/HRWztpfdZj— MDP Secretariat (@MDPSecretariat) November 9, 2018
ރައީސް ނަޝީދު ރާއްޖޭން ބޭރަށް އަރުވާލެވިގެން އުޅުއްވުމަށްފަހު އެމަނިކުފާނުގެ ހުކުމް ސްޕްރީމް ކޯޓުން ފަސްކުރުމާއި ގުޅިގެން މާލެ ވަޑައިގެންނެވީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. ރައީސް ނަޝީދު މާލެއިން ބޭރަށް ފުރަތަމަ ވަޑައިގެންނެވީ އައްޑުއަށެވެ.
ރައީސް ނަޝީދު އައްޑުއަށް ވަޑައިގެން އަޑުގައި ސަރުކާރުން ކުރިއަށް ގެންދާ ބައެއް މަޝްރޫއުތައް ވަނީ ބައްލަވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ